April 3, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

‎އިންޑިއާގައި މުސްލިމުން ނަމާދަށް ތިބޭއިރު ތަޅާ އަނިޔާކުރަނީ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 29, 2025, 10:00 PM
މާލެ ސިޓީ

އިންޑިއާގެ މަގެއް މަތީގައި ނަމާދު ކުރަމުން ދިޔަ މުސްލިމުންނަށް އިންޑިއާގެ ފުލުހުން އުނދަގޫކޮށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

Advertisement

މި ވީޑިއޯއިން ފެންނަ ގޮތުގައި ނަމާދަށް ތިބި މީހުން ގަދަ ކަމުން ނަގާ، ނަމާދަށް ހުރަސްއެޅުމަށް ފުލުހުން މަސައްކަތްކޮށްފައިވެއެވެ.

މޯދީ ސަރުކާރަކީ އަބަދުވެސް މުސްލިމުންނާއި ދެކޮޅު، މުސްލިމުންނަށް ތަފާތު އުނދަގޫތަކާއި ތަކުލީފުތައް ކުރިމަތިކުރުވަމުން އަންނަ ސަރުކާރަކަށް ވާއިރު މިއީ އިންޑިއާ ސަރުކާރުން މުސްލިމުންނާ މެދު އަމަލުކުރާ ހަރުކަށިކަމުގެ މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ މުސްލިމުން ކޮންޓްރޯލްކޮށް، އިންޑިއާއިން މުސްލިމް ނަސްލު ނައްތާލުމަށްކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައިވެއެވެ.

ނަމާދަކީ އިސްލާމްދީނުގެ މައިގަނޑު އަސާސީ އަޅުކަމެއް ކަމަށާއި އަނިޔާ ކުރުމުގެ ބަދަލުގައި ނަމާދު ކުރާ ވަގުތު ފުލުހުންގެ ހިމާޔަތް ލިބިދޭން ޖެހޭނެ ކަމަށް މުސްލިމުން ބުނެފައިވެއެވެ. އަދި މި ފުރުސަތު އިންޑިއާގައި މުސްލިމުންނަށް ދިނުމަށްވެސް ގޮވާލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved