March 12, 2026
Advertisement
.
. / އަލްޖަޒީރާ

މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

Yana Shareef
ޔާނާ ޝަރީފް
Sep 30, 2025, 08:42 PM

މީޑިއާ ކޮންޓްރޯލްކުރުމަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުންކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

Advertisement

މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުން ހޯދުމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައި އެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 30 އަހަރު ފުރިފައިވުން ހިހިމެނެއެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ ދާއިރާ ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން އެންމެ މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިގުރާރު، ކުށާއި ދަރަނީގެ ރިކޯޑު ފޯމު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު އަދި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހަޅަންޖެހެ އެވެ.

މި ލިޔެކިޔުންތައް 12 އޮކްޓޫބަރު ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް އަންގާފައިވެއެވެ.

އިއުލާނުގައި ބުނެފައި ވަނީ ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން، ކޮމިޝަނަށް އައްޔަނު ކުރެވޭ މެންބަރުން މަގާމުގައި ދެމިތިބޭނީ 5 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެއްވެސް މެންބަރަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް 2 ދައުރަށް ވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved