theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލު / ތޭރަ އޮންލައިން
ސިޔާސީ
މުއިއްޒު ދީނާ ޚިލާފުކަންކަން ކުރުން އޯކޭވެފައި، ކާޓޫނެއް ހަޖަމް ނުވި: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
24 ޖެނުއަރީ 2026
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ދީނާ ޚިލާފު އެތައް ކަމެއް ކުރަމުންދާއިރު އެކަންކަން އޯކޭވެގެން ދީނީ އިލްމުވެރިންނާ އަދި އެހެން މީހުންވެސް ތިބިއިރު ނޫހެއްގައި ކާޓޫނެއް ކުރަހާލުމުން އެބައިމީހުންނަށް ހަޖަމް ނުވި ކަމަށް ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

"އަދަދު" ނޫހުގެ ފޭސްބުކް ޕޭޖާއި އެކްސް އެކައުންޓުގައި ޝާއިއުކުރި "ސިޔާސީ ކާޓޫނު" ނެގުމަށް އެންގި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް އަހްމަދު ނާއިފް ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއިން މައްސަލަ ބަލާނެ ގޮތެއް ކަނޑަނާޅާ ކާޓޫން ނަގަން ނޭންގޭނެ ކަމަށް ބުނެފައެވެ.

ނާއިފްގެ އެކްސް ޕޯސްޓު ހިއްސާކުރައްވާ ޑރ ޖަމީލު ވަނީ އެމަނިކުފާނުގެ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

ޑރ ޖަމީލުގެ ޕޯސްޓުގައި ވަނީ، ރައީސް ޑރ މުއއްިޒުގެ ވެރިކަމުގައި މުސްލިމަކު ބިރު ގަންނަން ޖެހޭ މިންވަރަށް ރާއްޖޭ ވެއްޓިފައިވާ ކަމަށާ އެގޮތުން ގައުމުގައި ރިޝްވަތުގެ ވަބާ ވަނީ ފެތުރިފައިވާ ކަމާ ފައިސާއާ ވަޒީފާ ބަހާ ބިންތަކާ ދައުލަތުގެ ތަންތަން ބަހާ ކަމަށް އެމަނިކުފާނު ތުހުތަމު ކުރައްވާފައިވެއެވެ.

ނަމަވެް އެހުރިހާ ނޭއްގާނީ ކަންކަން ހިނގަމުންދާއިރުވެސް ދީނީ ގިނަ އިލްމުވެރިން ތިބީ ހަނުކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ، ރައީސް މުއިއްޒަށް ވުމުން ކޮންމެ ކަމެއް ޙަލާލުވީ ތޯ އައްސަވާ ސުވާލެއް އަމާޒުކުރައްވާފައެވެ.

ވައްކަމާ ކޮރަޕްޝަންވެސް ރައީސް މުއިއްޒު ކުރީމާ ރަނގަޅުވާ އިލްމުވެރިން ތިބިކަމަށް ދޭހަވާ ފަދަ މޭރުމަކުން ލިޔުއްވާ ޑރ ޖަމީލު ވަނި އެފަދަ އިލްމުވެރިންނަށް އެއްވެސް ޒާތެއްގެ ޖާނަލިޒަމްގެ ފާޑު ކިއުން ހަޖަމް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވަނީ ކާޓޫނަކީ ނޫސްވެރިކަމުގެ ބައެއް ކަމަށް ވިދާޅުވެ އެ ކާޓޫނުގައި އޮތީ ކޮން މައްސަލައެއްތޯ ވެސް އައްސަވާފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ކާޓޫނަށް ފާޑުކިޔަމުންދެއެވެ. ނަމަވެސް އާންމުންގެ ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެ ކާޓޫނުގައި އެއްވެސް މައްސަލައެއް ނެތްކަމާއި، ކާޓޫނުން ފެންނަނީ ދިވެހި މުޖުތަމައުގައި ވައްކަމާއި ހިޔާނާތާއި ރިޝްވަތު އާންމުވެފައިވާ މިންވަރު ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved