March 12, 2026
Advertisement
.
. / ސޮނީ ސޮޕޯޓްސް

މީޑިއާ ކޮންޓްރޯލް ގާނޫނު އުފެއްދުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވިފައިވާނެކަމަށް!!

Yana Shareef
ޔާނާ ޝަރީފް
Dec 5, 2025, 05:58 PM

ފާޑުކިޔުންތަށް ބަލައިނުގަނެވޭތީ މީޑިއާތަށް ކޮންޓްރޯލްކުރުމަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އުފެއްދުމަށްފަހު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވިފައިވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Advertisement

މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރުމަށް މުއިއްޒު ބޭއްްވި ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ ވަނީ މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށްފައިވާތީ ފާޑުވިދާޅުވެފައެވެ.

ޝަހްޒާންއަށް ރައްދު ދެއްވާ ރައީސް މުއިއްޒު ވިދާޅުވީ ނޫސްވެރިންގެ ސުވާލުތަކަށް ފުރުޞަތުދޭން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިކަމަށާއި ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދެވިކަމަށެވެ.

މުއިއްޒު މިފަދައިން ވިދަލުވިއިރު, ހަގީގަތަކީ މުއިއްޒު ނޫސްވެރިކަމުގެ މިނިވަން ދުވަހު ބެއްވި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ "ރެކޯޑު" ހެދުމުގެ ނިޔަތުގައެވެ. އެދުވަހު ނޫސްވެރިން ކުރި ސުވާލުތަކަށް ރަނގަޅަށް ޖަވަބުދީފައިނުވާއިރު އެކަން ކުރީ ޓެލެޕްރޮމްޓަރ އަށް ބަލައިގެންނެވެ.

ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ފުރުޞަތުތައް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއިރު އޭގެފަހުން ނޫސްވެރިންގެ ސުވާލުތަަކަށް ޖަވާބުދިނުމަށް ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެެއް ބާއްވާފައިނެތެވެ.

ވަކިކޮޅަކަށް ބުރަވެ ހަބަރު ޝާއިއު ލިޔަންޏާ އެއީ ނޫސްވެރިކަން ނޫންކަމަށާއި އެއީ އެކްޓިވިޒަމްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved