March 12, 2026
Advertisement
..
.. / ސޯޝަލް މީޑިއާ

މީޑިއާ ކޮންޓްރޯލް ކުރަން އުފެއްދި ކޮމިޝަން މެމްބަރުންގެ މުސާރަ ސަރުކާރުގެ ޑެޕިޔުޓީ މިނިސްޓަރުންނަށްވުރެ މަތި!

Yana Shareef
ޔާނާ ޝަރީފް
Oct 30, 2025, 08:36 PM

މިނިވަން މީޑިއާ ނެތިކޮށްލަން އުފެއްދި ކޮމިޝަންގައި ތިއްބަވާ މެމްބަރުންގެ މުސާރަ ސަރުކާރުގެ ޑެޕިޔުޓީ މިނިސްޓަރުންނަށްވުރެ މަތިކަން ހާމަވެއްޖެއެވެ.

Advertisement

އެގޮތުން އެމްއެމްބީސީގެ ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި 40،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާގެ އިތުރުން ފޯނު އެލަވަންސަށް ލިބޭ 1،000 ރުފިޔާއާ އެކު އެކު ޖުމްލަ 59،000 ރުފިޔާ އެވެ.

އެމްއެމްބީސީގެ ނައިބް ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި 39،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާގެ އިތުރުން ފޯނު އެލަވަންސަށް ލިބޭ 1،000 ރުފިޔާއާ އެކު އެކު ޖުމްލަ 55،000 ރުފިޔާ އެވެ.

އެމްއެމްބީސީގައި ތިއްބަވާ އަނެއް ފަސް މެންބަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 33،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 14،000 ރުފިޔާގެ އިތުރުން ފޯނު އެލަވަންސަށް ލިބޭ 1،000 ރުފިޔާއާ އެކު ޖުމްލަ 48،000 ރުފިޔާ އެވެ.

މީޑިއާ ކޮމިޝަންގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ މީޑިއާތައް ތަމްސީލް ކުރާ މެންބަރުންނެވެ. އަނެއް ތިން މެންބަރުންނަކީ މަޖިލީހުން ރުހުންދޭ ތިން މެންބަރުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved