theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންއެފްގެ އެސްޖީ މަލީހް / މިހާރު
ހަބަރު
ކޮރަޕްޝަން މައްސަލަތައް ބަލައިފިނަމަ މި ސަރުކާރުގެ މަތީ ފަޑި ބުރައިގެންދާނެ: މަލީހް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
30 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ކޮރަޕްޝަން މައްސަލަތައް ބަލައިފިނަމަ މި ސަރުކާރުގެ މަތީ ފަޑި އެއްކޮށް ބުރައިގެންދާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ފޮރޮންޓް (ޕީއެންއެފްގެ) ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އެކްސްގައި ކުރައްވާފައިވާ ޕޯސްޓަކަށް ރައްދު ދެއްވަމުން މަލީހް ވިދާޅުވީ މި ސަރުކާރުގެ ވެރިން ހިންގާފައިވާ ކޮރަޕްޝަންތައް މިހާރުން މިހާރަށް ބެލުމަށާއި އިންސާފުވެރި ޝަރީއަތެއް ހިންގައިފިނަމަ ސަރުކާރުގެ މަތީ ފަޑި އެކުއެކީހެން ބަދަލުވެގެންދާނެ ކަމަށެވެ.

އޮކްޓޯބަރު 3 ވަނަ ދުވަހު އެމްޑީޕީން އިސްނަގައިގެން ކޮރަޕްޝަނާއި ދެކޮޅަށް ބާއްވާ މުޒާހަރާއަށް ފާޑުވިދާޅުވެ މިނިސްޓަރު ވިދާޅުވީ ފާއިތުވެދިޔަ 15 އަހަރު ސަރުކާރު ޒިންމާދާރުކުރުވުމަށް މިހާރުގެ އިދިކޮޅު ފަރާތްތަކަށް ލިބިފަިއވާއިރު އެކަން އޭރު ނުކޮށް މިހާރު މަގު މައްޗަށް މީހުން ނެރެގެން ކުރަން އުޅެނީ ކޮންކަމެއްތޯ ރައްޔިތުން ވިސްނާލުމަށެވެ.

އަދި މަގާމުތަކުގައި އެމްޑީޕީ ބޭފުޅުން ތިއްބެވިއިރު ކޮރަޕްޝަން ހުއްޓުވުމަށް ކުރެއްވީ ކޮންކަމެއްތޯ މިނިސްޓަރު ވަނީ ސުވާލު އުފައްދާ، މިހާރުގެ ސަރުކާރަށް އެ ސުވާލުތަކުގެ ޖަވާބު ދެވޭނެ ކަމަށް ވިދާޅުވެފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ މަލީހު އިތުރަށް ވިދާޅުވެފައިވަނީ، ނޫމަޑި، ރަސްމާލެ، އެޗްޑީސީ، ފެނަކަ، ތިނަދޫ އަދި ވިލިނގިލި އެއާޕޯޓް އަދި މި ނޫންވެސް މި ސަރުކާރުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތައް ބެއްލެވުމަށް މި ސަރުކާރަށް ގޮވާލާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved