March 10, 2026
Advertisement
ޗައިނާގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް އާއި އިކޮނޮމިކް މިނިސްޓަރު ސައީދު މަޝްވަރާ ކުރައްވަނީ
ޗައިނާގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް އާއި އިކޮނޮމިކް މިނިސްޓަރު ސައީދު މަޝްވަރާ ކުރައްވަނީ / ރައީސް އޮފިސް

ރާއްޖެ ސުންނާފަތި ކޮށްފި، ރައްޔިތުން ފަގީރުކޮށްފި: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 21, 2026, 12:34 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މުޅި ގައުމު ސުންނާފަތިކޮށް ރައްޔިތުން ނިކަމެތިކޮށް ފަގީރުކޮށްފި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، މި ސަރުކާރުން ރަސްމާލޭގެ ނަމުގައި ހިންގަމުންދަނީ ބޮޑު ޖަރީމާއެއް ކަމަށާ އެ ވައްކަން ބަލަން ޖެހޭނެ ކަމަށެވެ. ރައްޔިތުން ގައުމުގައި މަގާމެއް މީހަކަށް ހަވާލުކުރުމަކީ އަދި ގައުމު ލޫޓުވަން އެމީހަކަށް ލިބިގެންދާ ލައިސަންެސެއް ނޫން ކަމަށެވެ.

މަލީހު ވަނީ މި ސަރުކާރުން ގައުމު ސުންނާފަތިކޮށް ރައްޔިތުން ފަގީރުކޮށްފި ކަމަށް ވެސް ވިދާޅުވެފައެވެ.

މަލީހު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޑޮލަރު އަގު މަތިނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މިހާރު ޑޮލަރުގެ އަގު ހުރީ 20 ރުފިޔާ 25 ލާރިއަށް އަރާފައި ކަމަށާ ޑޮލަރުގެ ތާށިކަން ހައްލުކުރަން ތައާރަފްކުރި ބަންކަރިން ޕްރޮޖެކޓުން ވަންނާނެ ކަމަށް ބުނި 400 މިލިއަން ޑޮލަރު ވަތް ތަނަކާ މެދު މަލީހު ސުވާލު އުފައްދަވާފައިވެއެވެ.

އެގޮތުން މަޖާޒީ ގޮތަކަށް ވިދާޅުވީ ރައީސް މުއިއްޒު ޖައްސަވަނީ "އަދުރޭގެ ހިސާބު" ކަމަށާ އަދި ބަންކަންރިން އިން ވަންނާނެ ކަމަށް ވިދާޅުވި 400 މިލިއަން ޑޮލަރު ދިމްޔާތުގެ 12 ވަނަ ފަންގިފިލާއަށް ތޯ ވެސް މަލީހު ސުވާލުކުރައްވާފައިވެއެވެ.

މަލީހު ޕޯސްޓު ނިންމަވާލައްވަމުން ވަނީ މި ސަރުކާރު ޖޯކަރުންގެ ސަރުކާރެއްގެ ގޮތުގައިވެސް ސިފަކުރައްވާފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުގެ މަތިފަނޑީގައި ތިބީ ކަމަށް ގާބިލުނޫން ހުސް އަނގަ ތަޅާ ބައެއްގެ ގޮތުގައި ގިނަ ރައްޔިތުން ސިފަކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved