February 26, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މިހާރު އޮތީ ގަރުދިޔަ އިކޮނޮމިކްސްގެ ޒަމާން: މަލީހު

Jan 9, 2026, 08:26 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ގަރުދިޔަ އިކޮނޮމީގެ ސިޔާސަތެއް ގެންގުޅޭ ސަރުކާރެއް ކަމަށް ވިދާޅުވެ، ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ މަޖާޒީ ފާޑުކިޔުން މި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ވެރިންގެ ގޮތުގައި މިއަދު ތިބީ އިގްތިސޯދުގެ ޒައްރެއްގެ މިންވަރުވެސް އެނގޭ ބައެއް ނޫން ކަމަށާ އެމީހުން ބަލަނީ އެމީހުންގެ ޖީބުވެސް ބަރާވެ އަދި އެމީހުންނަށް އެކަމުގައި އެހީވާ މީހާގެ ވެސް ޖީބު ބަރާކުރަން ކަމަށެވެ. އެގޮތުން ރަސްމާލެ ހިއްކުމުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަނީ ވެސް ބޭރު މީހެއްގެ ޖީބަށް 100 މިލިއަނެއްހާ ޑޮލަރު ވަންނާނެ ކަމަށާ ނަމަވެސް ސަރުކާރުން އެކަން ކުރިއަށް ގެންދަނީ ރައީސް މުއިއްޒާ އަދި ސަރުކާރުގެ އެހެނިހެން ވެރިންތަކެއް ޖީބަށް އޭގެ ސަބަބުން ރާހަތެއް ކުރާތީ ކަމަށްވެސް މަލީހު ތުހުމަތު ކުރެއްވިއެވެ.

ރައްޔިތުން ކައިރީ ގަރުދިޔާއާ ބަތްކާން ރައީސް މުއިއްޒުގެ ބޭބެ އަލީ އާރިފު ވިދާޅުވިއިރު އިގްތިސޯދު ހަމަ އެހީނަރުކަން މަތީ އޮތްއިރުވެސް ރައީސް މުއިއްޒު އުޅުއްވަނީ އިނގިރޭސިވިލާތުންނާ ސިންގަޕޫރުން ރައްޔިތުންގެ ފައިސާގައި ދަތުރުކުރަމުން ކަމަށް ވިދާޅުވެ މަލީހު ވަނީ ނުރުހުން އަމާޒުކުރައްވާފައެވެ.

މަލީހު ވިދާޅުވީ މިއަދު ގައުމުގައި އިންސާފާ ހަމަ ގެއްލިފައިވާ ކަމަށާ އޭގެ ފަހަތުގައިވެސް ތިބީ ވެރިން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved