March 1, 2026
Advertisement
ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ތެރެއިން
ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ތެރެއިން / ސޯޝަލް މީޑިއާ

މިއީ ޤައުމީ ރޫހުގެ ކަންފުޅެއް އޮތް ސަރުކާރެއް ނޫން: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 14, 2026, 06:37 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ގައުމީ ރޫހުގެ ކަންފުޅެއްވެސް ނެތް ސަރުާރެއްގެ ގޮތުގައި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ސިފަކުރައްވައިފިއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވެފައިވަނީ ލޯނު ދެއްކުމުގެ ނަމުގައި ޤައުމުގެ ހަރުމުދާތައް ވިއްކުމުގެ ބޮޑު ޖަރީމާއެއް މި ސަރުކާރުން ތަންފީޒުކުރަމުންދާކަމަށާ އެއީ ދެކޮޅު ނެހެދޭނެ ކަމެއް ކަމަށެވެ.

ކަން މިހެން އޮތްއިރު ރައްޔިތުން ނުކުމެ އެކަންކަން ނުހުއްޓުވައިފިނަމަ އިޔާދަ ނުކުރެވޭވަރު ގެއްލުމާއި ކުރިމާތިލާން ޖެހޭނެ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހުގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ މިސަރުކާރަކީ ޤައުމީ ރޫހުގެ ކަންފުޅެއް އޮތް ސަރުކާރެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

މަލީހު މިފަދައިން ޕޯސްޓު ކުރައްވާފައިވާ މިވަނީ ގައުމުގެ މައި ސީ ޕޯޓު ދުބާއީ ވޯލްޑަށް ވިއްކާލާ އަދި ގައުމުގެ އުތުރުގެ އެންމެ މައި ހަބު، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓާ ހަވާލުވާން އިންޑިއާއަށް ޚުދު ރައީސް މުއިއްޒު ދައުވަތުދެއްވާފައިވެސް ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved