March 1, 2026
Advertisement
މިވެރިކަމަކީ ރައްޔިތުންގެ ލޭބޯންކުރާ ވެރިކަމެއް: މަލީހު
މިވެރިކަމަކީ ރައްޔިތުންގެ ލޭބޯންކުރާ ވެރިކަމެއް: މަލީހު / ރައީސް އޮފިސް

މިވެރިކަމަކީ ރައްޔިތުންގެ ލޭބޯންކުރާ ވެރިކަމެއް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 12, 2026, 07:20 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މިވެރިކަމަކީ ރައްޔިތުންގެ ލޭބޯންކުރާ ވެރިކަމެއް ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކ.މަނިޔަފުށި ފިޝަރިޒު މިނިސްޓަރު އަހުމަދު ޝިޔާމް ވިއްކާލި ޚަބަރު ލިބިފައިވާ ކަމަށާ ރައީސް މުއިއްޒުއާ ބައިވެރިން މުޅި ދައުލަތް ލޫޓުވާލަނީ ކަމަށެވެ.

މަލީހު ވަނީ ސަރުކާރުން ހިންގާ އެފަދަ ކަންކަމަކީ ބޮޑެތި ޖަރީމާގެ ގޮތުގައި ވެސް ސިފަކުރައްވާފައެވެ.

ފަޅުރަށްތަކާ ގިރިތަކާ ފަޅުތައް ވިއްކަމުން ރައީސް މުއިއްޒު ގެންދަވާތީ މަލީހުގެ ނުުރުހުން އަމާޒުކުރައްވާފައިވާއިރު، ރައީސް މުއިއްޒު ގެންދަވަނީ ގައުމުގެ ހަރު މުދާ ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލަމުންކަން ވެސް ފާހަގަކޮށްލެވެއެވެ.

ކ. އަތޮޅުގައި އޮންނަ މަނިޔަފުށި، ބިޑު ކުރުމަކާ ނުލައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއަރމަން އަދި ވިޔަފާރިވެރިޔާ އާމިރު މަންސޫރަށް ވިއްކާލާފައިވާ ކަމަށް އަޑުތަކެއް ގަދަވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved