theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އިސްލާމިކް މިނިސްޓްރީ
ހަބަރު
500 ހާފިޒުން އުފެއްދުމަށް އަންނަނީ މަސައްކަތް ކުރަމުން: ޑރ ޝަހީމް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
01 އޮކްޓޯބަރު 2025
މާލެ ސިޓީ

ރާއްޖޭގައި މިހާރު ތިބި ދިވެހި ހާފިޒުންގެ އަދަދު 284 އަށް އަރާފައިވާ ކަމަށާއި 500 ހާފިޒުން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހާފިޒުންގެ އަދަދު އިތުރުކޮށް ގުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު ވަނީ އިތުރުކޮށް ކޮށްފައެވެ.

ގުރުއާނާ ބެހޭ މަރުކަޒުން މީގެ ކުރިން ބުނި ގޮތުގައި  އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގައި ކަމަށެވެ. އެ ސިޓީގައި 65 ހާފިޒުން އެބަތިއްބެވެ. އެ މީހުންގެ އެވްރެޖު އުމުރަކީ 53 އަހަރެވެ.

ދެ ވަނައަށް ހާފިޒުން އެންމެ ގިނަ ފުވައްމުލަކުގައި 61 ހާފިޒުން އެބަތިއްބެވެ. އެ މީހުންގެ އެވްރެޖު އުމުރަކީ 48 އަހަރެވެ.

ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ ޅ. ނައިފަރެވެ. އެ ރަށުގައި މި ވަގުތު ތިބީ 10 ހާފިޒުންނެވެ. އޭގެ ތެރޭގައި ގިނައީ ސްކޫލު ކުދިންނެވެ.

-

ހާފިޒުންނަށް އިނާމު ދިނުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ ބާއްވަން ނިންމައިފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved