March 12, 2026
Advertisement
-
- / ީއިހަވަންދޫ.ކޮމް

އިހަވަންދޫގެ ފުރަތަމަ ހާފިޘާއަށް އެ ރަށުން ރަތް ދޫލައިގެ މަރުހަބާ ކިޔައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 7, 2025, 08:59 PM
މާލެ ސިޓީ

ހއ. އިހަވަންދޫގެ ފުރަތަމަ ޙާފިޡާ، މަރިޔަމް ރައްޔާ އަޙްމަދަށް އެ ރަށުގެ ރައްޔިތުން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

Advertisement

ރައްޔާއަށް މަރުހަބާ ކިޔަން އެތައް ސަތޭކަ ބަޔަކު ނުކުމެފައިވެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސްވަނީ، ރައްޔާ ކުރެއްވި ހިތްވަރަށް ސާބަސްދެއްވައި ހިތްވަރު ދެއްވައި ވާހަކަ ދައްކަވައިފައެވެ. ކައުންސިލްގެ ރައީސް ދެއްކެވި ވާހަކާގައި، މި ހަރަކާތަށްވުރެ ފުރިހަމަ އިވެންޓެއް ރައްޔާގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާނެކަމަށް ވިދާޅުވިއެވެ. މަރުހަބާކިޔުމަށް ކުރިޔަށްގެންދިޔަ ހަރަކާތް ނިންމައިލީ ރައްޔާ އާއި އެކު ފޮޓޯނެގުމުގެ ސެޝަނަކުންނެވެ.

އިހަވަންދޫގައި ޙާފިޡުން އުފެއްދުމަކީ އިހަވަންދޫ ކައުންސިލްގެވެސް ވަރަށްބޮޑު އަމާޒެެއް ކަމަށް އެ ރަށުން މައުލޫމާތު ދެއެވެ. އެގޮތުން، އިހަވަންދޫގެ ރައްޔިތުންގެ ތެރެއިން އެންމެ ފުރަތަމަ ޙާފިޡު ކަމުގެ ސަނަދު ހާސިލްކުރާ 3 މީހުންނަށް ކޮންމެ މީހަކަށް 50،000ރ ގެ އިނާމެއް އިހަވަންދޫ ކައުންސިލުން ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.

ހިތްތަކުގެ ނޫރުގެ ނަމުގައި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް އަންނަނީ ޙާފިޡުން އުފެއްދުމުގެ މަޤްސަދުގައި ޕްރޮގްރާމެއް ހިންގަމުންނެވެ.

އުމުރުން 20 އަހަރުގެ ރައްޔާ އަޙްމަދު ބުނީ މިކަމުގައި ކުރިއަށް ދެވޭނީ އިހްލާސްތެރި ކަމާއިއެކު ޡަވާބު ހޯދުމުގެ މަޤްސަދުގައި މަސައްކަތް ކޮށްގެން ކަމުގައެވެ. އަދި ގުރުއާން ހިތު ދަސްކުރުމަށް މަސައްކަތް ކުރުމަށް އެހެން ކުދިންނަށްވެސް ރައްޔާ ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved