theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މޭޔަރު މުއިއްޒުގެ އިތުރު ކޮރަޕްޝަންގެ ކަންތައް ގަނޑެއް ފަޅާއަރައިފި / ސޯޝަލް މީޑިއާ
ހަބަރު
މޭޔަރު މުއިއްޒުގެ އިތުރު ކޮރަޕްޝަންގެ ކަންތައް ގަނޑެއް ފަޅާއަރައިފި
01 އޮކްޓޯބަރު 2025
މާލެ ސިޓީ

މާެ ސިޓީގެ ކުރީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ އިތުރު ކޮރަޕްޝަންގެ ކަންތައް ގަނޑެއް ފަޅާއަރައިފިއެވެ.

އެގޮތުން މި ފަހަރު ފަޅާއަރާފައިވަނީ، މޭޔަރ މުއިއްޒު މާލޭ ރޯމަސް މާރުކޭޓު މަތިން އެއްބަސްވުމަކާއި ނުލައި ތިން ފިހާރަ އަކާއި ލޭބާ ކުއާޓާއެއް ދޫކުރި މައްސަލައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިކަން ހާމަވީ، މަސް މާރުކޭޓު އިމާރާތުގެ ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާގައި ހުންނަ ހުސް ޖާގަތައް ކުއްޔަށް ދީފައި ހުރި ގޮތް ބެލުމަށް ސިޓީ ކައުންސިލްގެ ހާބާ އެންޑް މާކެޓު މެނޭޖްމަންޓު ސެކްޝަނުން ހިންގި އިންސްޕެކްޝަނަކުންނެވެ.

ސިޓީ ކައުންސިލްގެ އިންސްޕެކްޝަނުން ހާމަވިގޮތުގައި ފުރަތަމަ ފަންގިފިލާގެ ތިން ފިހާރަ އަކާއި ދެވަނަ ފަންގިފިލާގެ އެއް ފިހާރަ ހިންގަނީ އެއްބަސްވުމެއް ނެތި އެވެ. މިކަން ފާހަގަކޮށް މާރުކޭޓު ސެކްޝަނުން ކައުސިލް ބިއުރޯއަށް ފޮނުވި މެމޯގައި ބުނެފައިވަނީ، މި ފަސް ތަން ހިންގާ ފަރާތްތަކުން ދައްކަން ޖެހޭ ކުލި ވެސް ނުދައްކާ ކަމަށެވެ. މިއީ ކަނޑައެޅިގެން ވަކި ބަޔަކަށް ނާޖާއިޒް މަންފާތަކެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެކެވެ.

މި ތަންތަނުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ފަންގިފިލާގެ ހަތަރު ނަންބަރު ފިހާރަ (ހއ. ތަކަންދޫ، އެންދެރިމާގެ، އަބްދުލް ލަތީފު ގާސިމް)، ފަސް ނަންބަރު ފިހާރައާއި ދެވަނަ ފަންގިފިލާގެ ލޭބާ ކުއާޓާ (ގ. ސައުތުބްރީޒް، ހަސަން ފަޔާޒް)، އަދި ޓިނު ގުދަން ފިހާރަ (ތ. ތިމަރަފުށި، އަސަރީގެ، މުހައްމަދު ރަޝާދު އާދަމް) އެވެ.

މީގެ އިތުރުން، މުއިއްޒުގެ މޭޔަރުކަމުގައި މަސް މާރުކޭޓު ތަރައްގީ ކުރުމާ ގުޅޭ އިތުރު މައްސަލައެއް ވެސް ވަނީ ފާޅުވެފައެވެ. މިއީ ދައުލަތުގެ މާލިއްޔަތު ގާނޫނާ ޚިލާފަށް ދެ ފަރާތަކާއެކު ވެފައިވާ އެއްބަސްވުންތަކަކާ ގުޅޭ މައްސަލައެކެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއިން އެއްވެސް މައްސަލައެއް ނުބަލަ އެވެ.

ކުރީގެ މޭޔަރ މުއިއްޒުއާ ގުޅުން ހުރި ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް ތިލަވަމުންދާއިރު، އެއީ މިހާރު ރާއްޖޭގެ ރއިސުލްޖުމްހޫރިއްޔާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved