theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިންތިޚާބެއްގައި ވޯޓު ގުނަނީ / ދަ އެޑިޝަން
ސިޔާސީ
މިޑީއާ ކޮމިޝަންގެ އިންތިޚާބު: ވޯޓާސް ލިސްޓަށް ގެނައި ބަދަލުތައް ގެޒެޓުކޮށް، ޝަކުވާއަށް ހުޅުވާލައިފި
Yana Shareef
ޔާނާ ޝަރީފް
02 އޮކްޓޯބަރު 2025

މިޑީއާ ކޮމިޝަންގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓްރީއަށް ގެނައި ބަދަލުތައް ގެޒެޓުކޮށް، ލިސްޓަށް ޝަކުވާ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާއިފިއެވެ.

މީޑިއާތަކުގެ ތެރެއިން މީޑިއާ ކޮމިޝަނަށް އިންތިޚާބު ކުރާ މެންބަރުން އައްޔަން ކުރެއްވުމަށް ބާއްވާ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އޮކްޓޯބަރު 11ވަނަ ދުވަހު މި އިންތިޚާބު ބާއްވަން މިހާރު ވަނީ ތާވަލުކޮށްފައެވެ.

އިލެކްޝަން ކޮމިޝަނުން ގެޒެޓުކޮށްފައިވާ އިޢުލާނުގައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ޢާންމުކޮށްފައެވެ.

އެގޮތުން ރަޖިސްޓްރީއަށް ހުށައެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކުގެ ތެރެއިން 18 ފަރާތެއް ވަނީ އުނިކޮށްފައެވެ. އަދި މި ރަޖިސްޓްރީއަށް އިތުރު ކުރި 64 މީޑިއާ/ބްރޮޑްކާސްޓަރުންވެސް ވަނީ އާއްމުކޮށްފައެވެ. މި ލިސްޓަށް، ގެޒެޓުގައި އާއްމުކޮށްފައިވާ އިޢުލާނާއެކު ވަނީ ހިމަނާފައެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވަނީ މިރޭގެ 10:00ގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށައެޅޭނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް، [email protected] އަށް ފޮނުއްވައިގެންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved