March 22, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މޯދީ ސަރުކާރުން އިޒްރޭލުގެ ގަތުލުއާންމަށް ހަނު އޮންނަނީ އިންޑިއާއިންވެސް މުސްލިމުންގެ ގަތުލުއާންމަކަށް ތައްޔާރުވާތީ:ޕްރަކާޝް ރާޖް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 3, 2025, 04:45 AM
މާލެ ސިޓީ

މޯދީ ސަރުކާރުން އިޒްރޭލުގެ ގަތުލުއާންމަށް ހަނު އޮންނަނީ އިންޑިއާއިންވެސް މުސްލިމުންގެ ގަތުލުއާންމަކަށް ތައްޔާރުވާތީ ކަމަށް އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަކާޝް ރާޖް ބުނެފިއެވެ.

Advertisement

އިންޑިއާގެ އިދިކޮޅު އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފައިވާތީ "ލޯންގިންގ ފޮރ ޖަސްޓިސް" ނަމުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޕްރަކާޝް ބުނީ އިންޑިއާގައި މުސްލިމުންނާއި ދޭތެރޭ މޯދީ ސަރުކާރުން ކަންތައް ކުރަމުން އަންނަނީ ރަނގަޅަށް ނޫން ކަމަށާއި މޯދީ ބޭނުންވަނީ މުސްލިމުން އެއްކޮށް ނައްތާލަން ކަމަށެވެ.

އިންޑިއާ ސަރުކާރުން ހަނު އޮންނަނީ އިޒްރޭލުން މުސްލިމް ނަސްލެއް އެއްކޮށް ނައްތާލުމަށް އެ ކުރާ މަސައްކަތް އިންޑިއާއިން ތާއީދުކޮށް އެކަމަށް ވާގިވެރިވެ އެފަދަ ގަތުލުއާންމެއް އިންޑިއާގައިވެސް ހިންގުމަށް ކަމަށް ޕްރަކާޝް ވަނީ ސިފަކޮށްފައެވެ.

ޕްރަކާޝް ރާޖް އަންނަނީ މި ފަހަކަށްއައިސް މޯދީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް މުސްލިމުންގެ ދިފާއުގައި ޝުއޫރު ފާޅުކުރަމުންނެވެ.

އިންޑިއާގެ ކަޝްމީރަކީ މުސްލިމުންނަށް އެންމެ އިހާނާތިކޮށް ކަންތައްކުރަމުން އަންނަ ސަރަހައްދަށް ވާއިރު ކަޝްމީރުގެ އިރުމަތީ ހިސާބުގައި އޮންނަ ލަދަކްގެ މީހުންވެސް އަންނަނީ މޯދީ ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved