
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ބޮޑު މުޒާހަރާގައި އަދާލަތުން ވެސް ބައިވެރިވާން ނިންމައިފި އެވެ.
އެމްޑީޕީން އިސްނަގައިގެން މާދަމާ ބާއްވާ "ލޫޓުވައިފި ލޫޓުވައިފި" މުޒަހާރާ ބާއްވަނީ:
އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާދަމާ ބާއްވާ ބޮޑު އެއްވުމުގައި ދެ ޕާޓީއަށް ތާއީދުކުރާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލައިފަ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމާ އެކު ޒިންމާދާރު ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް ވައުދުތައް ފުއްދުމަށް އެކަށީގެންވާ ވަގުތު ދީފައިވާނެ ކަމަށާއި ނަމަވެސް ދައުރު ދެބައިވެގެން ދާއިރު ގައުމުގެ ހާލަތު މުޅިން ބޮއްސުންލާފައިވާ ކަމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ޕާޓީއަށް ވެސް އެއްބަސްވެވުނު ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.










