March 23, 2026
Advertisement
މަޖިލީހުގެ ޖަލްސާއެއްގައި މައުރޫފް ވާހަކަ ދައްކަވަނީ
މަޖިލީހުގެ ޖަލްސާއެއްގައި މައުރޫފް ވާހަކަ ދައްކަވަނީ / ރައްޔިތުންގެ މަޖިލިސް

މުއިއްޒުގެ އިސްތިއުފާއަށް ގޮވުމުން އެމްޑީޕީ މެމްބަރުން ތަޅުމުން ބޭރުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Feb 5, 2026, 06:44 PM

ރިޔާސީ ބަޔާން އިއްވި ވަގުތު ރައީސް މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް އިދިކޮޅު އެމްޑީޕީ މެންބަރުން ގޮވުމުން މެންބަރުންގެ ނަން އިއްވައި ޖަލްސާއިން ބޭރުކޮށްލައިފި އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ބޭރުކޮށްލީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދެވެ.

މި ދެ މެންބަރުންގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއަށް ވެސް ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަން އިލްތިމާސްކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު ކަށިގަނޑު ފުމެ އިސްތިއުފާއަށް ގޮވާފައެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އިހުތިޖާޖުކުރާނެ ކަމަށް އިއްޔެ ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved