April 22, 2026
Advertisement
އެޗްޑީސީގެ މައި އޮފީސް
އެޗްޑީސީގެ މައި އޮފީސް / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

އެމްޑީޕީ ސަރުކާރުން، އެޗްޑީސީގެ 200 މިލިއަނަށް ހިޔާނާތްތެރިވި މައްސަލައެއް ފެންމަތިވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Oct 3, 2025, 07:55 AM

އެމްޑީޕީގެ ވެރިކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބިމާއި މުދަލާއި ޚިދުމަތްތަކުން 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Advertisement

އެޗްޑީސީނ އިން ރޭ ނެރުނު ބަޔާނުގައި ބުނީ 2019 އިން 2023 އާ ދެމެދު އެ ކޯޕަރޭޝަނުގެ މިލްކިއްޔާތުގައިވާ ބިމާއި މުދަލާއި ޚިދުމަތްތަކުން ގާތްގަނޑަކަށް 200 މިލިއަން ރުފިޔާއަށް ބައެއް ފަރާތްތަކުން ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި ބައިވެރިވާ ފަރާތްތަކުގެ މަޢުލޫމާތު އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި މި ހިޔާނާތުގެ ތެރޭގައި ކޯޕަރޭޝަނުގެ މުދަލުން ވައްކަންކުރުމާއި، ކުންފުނީގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ބިންތައް ކުއްޔަށް ދިނުން ހިމެނެއެވެ.

މީގެ އިތުރުން، އެތަނުގެ އިޖުރާއަތްތަކާއި އުސޫލުތަކާ ޚިލާފަށް ބިން ވިއްކާފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ މި މައްސަލަތައް ތަޙުޤީޤުކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކޯޕަރޭޝަނުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި ފެނަކަ އަދި ވެމްކޯ ފަދަ ސަރުކާރުގެ އެހެން ކުންފުނިތަކުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިނގާފައިވާކަން އޮޑިޓްތަކުން ހާމަވެފައިވުމާއެކު، އެ މައްސަލަތައް މިހާރު ދަނީ ކަމާބެހޭ އިދާރާތަކުން ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved