April 5, 2026
Advertisement
އެޗްޑީސީގެ މައި އޮފީސް
އެޗްޑީސީގެ މައި އޮފީސް / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

އެޗްޑީސީއާމެދު ސަމާލުވޭ! މާލޭގެ ރައްޔިތުންގެ ނަމުގައި އެތައް ބިލިއަން ޑޮލަރެއް ލޯނުގެ ގޮތުގައި ވަނީ ނަގާފަ: ގައުމީ ކެންޑިޑޭޓު

Yana Shareef
ޔާނާ ޝަރީފް
Feb 19, 2026, 01:26 AM

މާލޭގެ ރައްޔިތުންގެ ނަމުގައި އެޗްޑީސީން އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ނަގާފައިވާ ކަމަށް ވިދާޅުވެ، ގައުމީ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވީ 'ޓޯކްސް ވިތް ޒަރިޔަންދު' ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން، އެޗްޑީސީގެ ހިންގުމާއި ހުޅުމާލޭގެ އަސާސީ ހިދުމަތްތައް ދިނުމުގައި އެ ކުންފުނި ފެއިލްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ޒަރިޔަންދު ވިދާޅުވީ މާލޭގެ ރައްޔިތުން އެޗްޑީސީގެ މާލީ މުއާމަލާތްތަކާ މެދު މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. ހުޅުމާލެ ތަރައްގީކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އެޗްޑީސީއާ ހަވާލުކޮށްފައި އޮތް ނަމަވެސް، އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އެންމެ އާދައިގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް އެ ކުންފުނި ވަނީ ނުކުޅެދިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެތައް ބިލިއަން ޑޮލަރެއްގެ ދަރަނި ރައްޔިތުންގެ ބޮލުގައި އެޅިފައިވާއިރު، އެ ފައިސާގެ ފައިދާ ސީދާ ރައްޔިތުންނަށް ކުރަމުން ނުދާ ކަމުގެ ތުހުމަތު ވެސް ޒަރިޔަންދު ވަނީ ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved