March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެޗްޑީސީން މިރޭ ހުޅުމާލެ ބީޗުގައި ސްޓޭޖް ޝޯއެއް ބާއްވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 3, 2025, 09:10 PM
މާލެ ސިޓީ

އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާ “ލޫޓުވައިފި ލޫޓުވައިފި” ބޯމަތިވެފައިވަނިކޮށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) މުޒާހަރާ އޮންނަ ގަޑިއާއި ދިމާކޮށް ހުޅުމާލެ ބީޗުގައި ސްޓޭޖް ޝޯއެއް ބާއްވަން ނިންމައިފި އެވެ.

Advertisement

އެޗްޑީސީގެ ރަސްމީ އެކްސް އެކައުންޓުން ރޭ ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާއި ދެމެދު އޮންނަ ޗެނަލް ކައިރި، ފުރަތަމަ ފިޔަވަހި ބީޗުގައި ބާއްވާ މި ޝޯ ދެނީ ދިވެހި ބޭންޑު "ޓޫ އޮފް އަސް" އިން ކަމަށެވެ.

ޝޯ ފެށުމަށް ހަމަޖެހިފައިވަނީ 8:45 ގަ އެވެ.

މިއީ ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަން އެޗްޑީސީން އިސްނަގައިގެން މިއަދު ކުރިއަށް ގެންދާ ހަރަކާތް ނިންމާލަން ބާއްވާ ޝޯއެއް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީގެ އިތުރުން ވެސް ސަރުކާރުގެ ގިނަ ކުންފުނިތަކުން އަންނަނީ މާދަމާ ރޭގެ މުޒާހަރާގައި މުވައްޒަފުން ބައިވެރިވެދާނެތީ ގިނަ ހަރަކާތްތަކެއް ރާވަމުން ކަން ފާހަގަކުރެވެއެވެ.

އެގޮތުން ކަސްޓަމްސް އިން ވަނީ މަސް ބޭނުމުގެ މުބާރާތެއް މިއަދަށް ރާވައިފަ އެވެ. މަހަށް ފުރަން ރާވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާއަށް ދިޔުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރި ކަމަށާއި، ޖަލްސާއަށް ދިޔަ މުވައްޒަފުންގެ ހާޒިރީ ބެލިކަމަށް އަޑު ފެތުރިފައިވެއެވެ.

މުޒާހަރާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އޮޕަރޭޝަން ހާލަތަށް ގެނެވިފައިކަން މައުލޫމާތު ލިބެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved