April 3, 2026
Advertisement
އެޗްޑީސީގެ މައި އޮފީސް
އެޗްޑީސީގެ މައި އޮފީސް / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

މުނިސިޕަލް ހިދުމަތް ދިނުމުގައި އެޗްޑީސީ ފެއިލްވެއްޖެ: ގައުމީ ކެންޑިޑޭޓު

Yana Shareef
ޔާނާ ޝަރީފް
Feb 11, 2026, 09:20 PM

މުނިސިޕަލް ހިދުމަތް ދިނުމަށް ހައުސިންގް ޑިވެލޮޕްމަންޓްު ކޯޕަރޭޝަން (އެޗްޑީސީ) ފެއިލްވެއްޖެކަމަށް މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވެފައި ވަނީ ޓޯކްސް ވިތް ޒަރިޔަންދު ޕޮޑްކާސްޓުގެ ނުވަ ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.

ޒަރިޔަންދު ވިދާޅުވީ މާލެ ސިޓީގެ މޭުޔަރުކަމުގެ ކެމްޕެއިނަށް ޑޯ ޓު ޑޯއަށް ހުޅުމާލޭގެ ބައެއް ފްލެޓުތަކަށް ވަދެ އުޅުނުއިރު އަސާސީ ހިދުމަތްތައް އެ ފްލެޓުތަކަށް ނުލިބޭކަަމިގު ޝަކުވާ ލިބުނުކަމަށެވެ.

އެގޮތުން ބައެއް ފްލެޓުތަކުން ފެން ނުލިބިގެން އެ ޝަކުވާ އެޗްޑީސީއަށް ހުށަހެޅުުމުން އެއީ އެމީހުންގެ ޒިންމާއެއް ނޫންކަމަށްބުނެ ފްލެޓު ދިނީ ހައުސިންގް މިނިސްޓްރީންކަމަށް ބުނިކަމަށް ވެސް ރައްޔިތުން ފާހަގަކުރިކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ފެން ނުލިބުމުގެ ސަބަބުން އެ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސްކޫލަށް ނުދެވި، އޮފީހަށް ނުދެވޭ ހާލަތަށް ވެސް ގޮސްފައިވާކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

މިކަން މިހެން ދިމާވީ ދައުލަތުގެ އިދާރާއެއްގެ ނުކުޅެދުންތެރިކަމުގެ ސަބަބުންކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved