March 12, 2026
Advertisement
އެޗްޑީސީގެ މައި އޮފީސް
އެޗްޑީސީގެ މައި އޮފީސް / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

އެޗްޑީސީގެ ނަމުގައި ކުރާ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 25, 2026, 01:20 AM
މާލެ ސިޓީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް ގުޅައި، މައުލޫމާތު ހޯދަން މަސައްކަތް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

Advertisement

މިކަމާ ގުޅިގެން އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކޯޕަރޭޝަންގެ ނަމުގައި އެސްއެމްއެސް މެދުވެރިކޮށްނާއި ފޯނުން ގުޅައިގެން އަމިއްލަ މައުލޫމާތު ހޯދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން، އެފަދަ ކޯލްތަކާއި މެސެޖުތަކަށް އާންމުން ސަމާލުވުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

އެޗްޑީސީން އިތުރަށް ބުނީ، އެއްވެސް ފަރާތަކަށް އަމިއްލަ މައުލޫމާތު ހިއްސާނުކުރުމަށާއި، ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކުންފުނީގެ ރަސްމީ ނޫން ނަންބަރުތަކުން ކުރާ މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށްވެސް އެ ކުންފުނިން ވަނީ ނަސޭހަތްތެރިވެފައެވެ.

މިފަހަކަށް އައިސް ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ އަތުލުމާއި މައުލޫމާތު ހޯދުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެމުންދެއެވެ.

މީގެ ކުރިން އެޗްޑީސީގެ ނަމުގައި ވެސް އޮޅުވާލައިގެން، ފައިސާ ހޯދުމަށް ސްކޭމްތަކެއް ހިންގާފައި ވެއެވެ.

ރާއްޖޭގައިވެސް ސްކޭމް މައްސަލަ ބޮޑުވެފައިވާއިރު، ސްކޭމްތަކުގައި ޖެހޭ ފަރާތްތަކުގެ އަދަދު ގިނައެވެ. އަދި ކޮންމެ މަހަކުވެސް ސްކޭމްތަކުގައި ގެއްލޭ ފައިސާގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު، މީގެ ތެރެއިން ބައެއް ފަހަރު ރިކަވާ ކުރެވެނީ މަދު ފައިސާއެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved