March 28, 2026
Advertisement
ރަށް ރަށުން ދައްކާލި ރައީސް ޔާމީންގެ ގޮނޑިކޮލޫގެ ނަކަލުތައް
ރަށް ރަށުން ދައްކާލި ރައީސް ޔާމީންގެ ގޮނޑިކޮލޫގެ ނަކަލުތައް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒުގެ ދަތުރުފުޅު: 35 ރަށުގެ ތެރެއިން 25 ރަށުން ދައްކާލީ ރައީސް ޔާމީންގެ ގޮނޑިކޮޅު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 29, 2024, 06:18 PM
މާލެ ސިޓީ

މަޖިލިސް އިންތިހާބާ ދިމާކޮށް ރަށް ރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ޓީމުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، 35 ރަށުގެ ތެރެއިން 25 ރަށުން، ރައީސް މުއިއްޒުއަށް ރައީސް އަބްދުﷲ ޔާމީންއަށް ޚާއްސަކޮށްގެން ރިޔާސީ އިންތިހާބުގެ ތެރޭގައި ގެންގުޅުނު ހުސް ގޮނޑީގެ ނަކަލު ދައްކާލާ ރައްޔިތުންގެ ތާއީދު ސަރުކާރަށް ނެތްކަން ހާމަކޮށްފިއެވެ.

Advertisement

މި ދަތުރުުފުޅުތަކުގެ ތެރެއިން ރައީސް މުއިއްޒު ވަޑައިގެންނެވި ގިނަ ރަށްރަށުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނެރެފައިވަނީ ސަރުކާރު މުވައްޒަފުންނާ ސްކޫލު ކުދިންނާ އެކުދިންގެ ބެލެނިވެރިންގެ އިތުރުން ސްކޫލުގެ މުވައްޒަފުންނެވެ.

ވަޑައިގެންެވި ރަށްރަށުގައި ތިބި ޕީޕީއެމްގެ ގިނަ ސަޕޯޓަރުން ޚާއްސަކޮށް ރައީސް ޔާމީންގެ ފިކުރަށް ސަޕޯޓުކުރާ މީހުން ވަނީ ރައީސް މުއިއްޒުއަށް މަރުހަބާ ކިޔަން ހުސްގޮނޑި ދައްކާ، ރައީސް ޔާމީން މިނިވަން ކުރާނެކަމަށް ވިދާޅުވެ ވީ ދޮގު ވައުދުތަކުގެ މަތިން ރައީސް މުއިއްޒުއަށް ހަނދާން އައުކޮށް ދީފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީން މިނިވަން ކުރާނެކަމަށް ވައުދުވެ، ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރިޔާސީ ކެމްޕޭންގައި ރައްޔިތުންނަށް ދައްކައިގެންނެވެ.

އެގޮތުން ނިމިދިޔަ ރިޔާސީ ކެމްޕޭންގައި މުއިއްޒު ރަށްރަށަށް ވަޑައިގެން ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގަވެސް، ޝަރަފްވެރި މެހުމާން އިންނަވާ ގޮނޑިކޮޅު ހުސްކޮށް ބަހައްޓާފައިވަނީ އެ ގޮނޑިކޮޅުގައި ރައީސް ޔާމިންގެ ނަން ޖަހާފައެވެ. އަދި އެއިން ކޮންމެ ޖަލްސާއެއްގަވެސް މުއިއްޒު ދެއްކެވި ވާހަކަ ފައްޓަވާފައިވަނީ ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވައުދާއި އަހުދުވެ ހުވާ ކުރައްވަމުންނެވެ.

އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒުވަނީ މިވައުދުތަކާ ހިލާފުވެވަޑައިގެން ކޯޓުތަކަށް އަތް ބާނާގައިގެން ރައީސް ޔާމިންގެ ޝަރީއަތް ހުއްޓުވާފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved