June 7, 2026
Advertisement
..
.. / ސަން

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 4, 2025, 07:48 AM
މާލެ ސިޓީ

އެމްޑީޕީން މާލޭގައި މިރޭ ކުރަމުންދާ މުޒާހަރާގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

Advertisement

މުޒާހަރާ ތެރެއިން ހަތް މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް ސީދާ ހައްޔަރުކުރި ސަބަބެއް ނުބުނެ އެވެ.

އެހެންނަމަވެސް ފުލުހުން މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނާ ކުރިމަތިލީ ފަހުންނެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންވެސް ހިމެނެ އެވެ.

އެމްޑީޕީގެ މުޒާހަރާއަކީ ހުއްދަ ދިން ގޮތަށް އިންތިޒާމު ކޮށްގެން ކުރިއަށް ގެންދަން ފެށި މުޒާހަރާއެއް ކަމަށް ނުވާތީ މިއީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ ހުއްދަ ދިން ގޮތާ ހިލާފަށް އަމަލުކުރި ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved