June 13, 2026
Advertisement
އެމްޑީޕީގެ ވާދަވެރި ޗެއާރޕަސަން އިންތިހާބު 2:30ގައި!
އެމްޑީޕީގެ ވާދަވެރި ޗެއާރޕަސަން އިންތިހާބު 2:30ގައި! / އެމްޑީޕީ

އެމްޑީޕީގެ ވާދަވެރި ޗެއާރޕަސަން އިންތިހާބު 2:30ގައި!

Jun 12, 2026, 01:03 PM
މާލެ ސިޓީ

އިދިކޮލު އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ބާއްވާ ޗެއަރާޕަސަން އިންތިހާބުގެ ވޯޓުލުން މިއަދު މެންދުރު 2:30ގައި ފެށުމަށް އެ ޕާޓީިން ވަނީ ނިންމާފައެވެ.

Advertisement

އިންތިހާބުގެ ވޯޓުލުމުގެ ވަގުތަށް ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން މި އިންތިހާބުގެ ވޯޓުލުން ކުރިން ތާވަލުކޮށްފައި އޮތީ މިއަދުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 ގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށް ނަމަވެސް، އެ ޕާޓީއިން މިހާރު ވަނީ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ރޭގަނޑު 8:30ގެ ނިޔަލަށް  އިތުރުކޮށްފައެވެ.

 

ވޯޓުލާ ވަގުތަށް އެފަދަ ބަދަލެއް ގެނައި ސަބަބެއް ނަމަވެސް އެ ޕާޓީން ހާމަކޮށްފައި ނުވެއެވެ.

މި އިންތިހާބު މި ބާއްވަނީ ވަރަށް ފޯރިގަދަ ކެމްޕެއިންތަކެއް ދެ ޓީމުން ވެސް ކުރުމަށް ފަހުއެވެ. އިންތިހާބުގައި ވާދަކުރަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން ވޯޓުލުމުގެ ފުރުސަތު ލިބިގެންވަނީ މިއަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މި އިންތިހާބުގެ ފޯރި ވަރަށް ގަދަވެފައިވާއިރު، ގިނަ އަދަދެއްގެ މެންބަރުން ވޯޓުލުމަށް ނުކުންނާނެ ކަމަށް ބެލެވެއެވެ.

މިއީ ރައީސް ނަޝީދު އެމްޑީޕީ ދޫކުރައްވާ ވަޑައިގެންނެވުމަށްފަހު އަލުން އެ ޕާޓީއާ ގުޅިވަޑައިގެން ޕާޓީގެ މަގާމަކަށް ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved