March 17, 2026
Advertisement
,,,
,,, / ސޯޝަލް މީޑިއާ

އެމްޑީޕީގެ މުޒާހަރާއަކީ ސުލްހަވެރި ހަރަކާތެއް ނޫންކަމަށް އިހުސާން ބުނެފި

Yana Shareef
ޔާނާ ޝަރީފް
Oct 4, 2025, 08:20 AM

އެމްޑީޕީގެ މުޒާހަރާ އަކީ ސުލްހަވެރި ހަރަކާތެއް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

Advertisement

މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ އެމްޑީޕީގެ މުޒާހަރާ ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލުމަށްފަހު ފުލުހުންގެ ޝީލްޑެއް މުޒާހަރާގެ ބައިވެރިން ގެންދިއުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހްސާން ވިދާޅުވީ ފުލުހުންގެ އޮފިސަރަކު ޑިއުޓީގައި ހުއްޓާ، އޭނާގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެއީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސް އެޅުން ކަމަށް ވިދާޅުވި އެވެ.

ފުލުހުންނާ ކުރިމަތިލައި ގާނޫނީ ވާޖިބަށް ހުރަސްއެޅި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފަ އެވެ.

އެމްޑީޕީގެ މުޒާހަރާއަށް ހުރަސްއެޅުމަށް ފުލުހުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މާލޭެގެ ގިނަ ސަރަހައްދުތަކެއް ބަންދުކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved