theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ސިޔާސީ
އިހުސާން ހަދަނީ ކަނޑައެޅިގެން ދޮގެއްކަމަށް އެމްޑީޕީން ބުނެފި
Yana Shareef
ޔާނާ ޝަރީފް
04 އޮކްޓޯބަރު 2025

އެމްޑީޕީގެ މުޒާހަރާއަކީ ސުލްހަވެރި ހަރަކާތެއް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވުމާ ގުޅިގެން އެމްޑީޕީން ރައްދު ދީފިއެވެ.

އެމްޑީޕީގެ މުޒާހަރާއަކީ ސުލްހަވެރި ހަރަކާތެއް ނޫން ކަމަށް އިހްސާން ވިދާޅުވީ މުޒާހަރާ ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލުމަށްފަހު ފުލުހުންގެ ޝީލްޑެއް މުޒާހަރާގެ ބައިވެރިއަކު ގެންދާ ވީޑިއޯއަކާ އެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ ފުލުހުންގެ އޮފިސަރަކު ޑިއުޓީގައި ހުއްޓާ، އޭނާގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އެއީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސް އެޅުން ކަމަށް ވިދާޅުވި އެވެ.

އިހްސާންގެ ޕޯސްޓަށް ރައްދުދެމުން އެމްޑީޕީން ބުނީ އިހުސާންގެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެމްޑީޕީ ކުށްވެރިކޮށް އިހްސާން ވާހަކަދެއްކެވީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހިންގި އަނިޔާވެރި އަމަލުތައް ފޮރުވުމަށް ކަމަށްވެސް ބުނެފައިވެއެވެ.

އެއްވުމުގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved