theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
,, / ސޯޝަލް މީޑިއާ
ސިޔާސީ
ރޭ އެމްޑީޕީން ދިނީ ޑިމޮކްރަސީއަށް ހަމަލާއެއްކަމަށް ޕީއެންސީން ބުނެފި
Yana Shareef
ޔާނާ ޝަރީފް
04 އޮކްޓޯބަރު 2025

ރޭ އެމްޑީޕީގެ މުޒާހަރާގައި ހިނގި ހާދިސާތަކާ ގުޅިގެން، އެ ޕާޓީން ޑިމޮކްރަސީއަށް ހަމަލާ ދީފައިވާކަމަށް ޕީއެންސީން ބުނެފިއެވެ.

ޑިމޮކްރަސީއާ ހިލާފު އަމަލުތައް ބަހައްޓާ ޕާޓީއެއްކަމަށް ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީގެ އެއްވުމަކީ ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވެވިފައިވާ ގޮތާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއްވުމެއްކަމަށެވެ.

ނަމަވެސް އެމްޑީޕީން މި އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންނަށް ގަލާއި ފުޅި އުކައި، އަދި ފުލުހުންގެ ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތްކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

އަދި މުޒާހަރާއަށް ރަށްރަށުން ގެނެސްފައިވާ ފަރާތްތަކަށް އަސާސީ ޚިދުމަތްތައް ކަމުގައިވާ ކެއުމާއި ހުރުމުގެ އިންތިޒާމު ހަމަޖައްސައި ނުދީ، މާލޭގެ މަގުތަކުގައި ހާލުގައި ޖެހުމަށް ދޫކޮށްލާފައިވާކަން ފާހަގަކޮށް، މިއީ ރައްޔިތުން ތަމްސީލުކުރާ ޕާޓީއަކުން ކުރުން އެކަށީގެންވާ ކަމެއް ނޫންކަމަށް ޕީއެންސީން ބުނެފައިވެއެވެ.

ޕީއެންސީން ބުނިގޮތުގައި އެއްވެ އުޅުމުގެ މިނިވަންކަން ޤާނޫނުގެ ތެރެއިން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. ނަމަވެސް މި ފުރުސަތަކީ އާންމު ތަންތަނަށް ގެއްލުންދީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދިނުމުގެ ފުރުސަތެއް ނޫނެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމްޑީޕީގެ މަޤްޞަދަކީ ޤައުމުގެ ހަމަޖެހުން ނަގާލުން ކަމަށެވެ. އަދި ހަޤީޤީ ސިޔާސީ މަސައްކަތްތަކަކީ މަގުމަތިން ހަމަޖެހުން ނަގާލުން ނޫންކަމަށާއި، ބަހުސްކޮށް، ކަމާގުޅޭ އިދާރާތަކަށް ހުށަހަޅައިގެން އަދި ވޯޓުން ސިޔާސީ ބަދަލު ގެނައުމަށް މަސައްކަތްކުރުން ކަމުގައި ފާހަގަކޮށްފައިވެއެވެ.

ޕީއެންސީން މިފަދަ ބަޔާނެއް ނެރުމުން ގިނަ ބަޔަކު ވަނީ އެ ޕާޓީއަށް މަލާމަތްކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved