March 23, 2026
Advertisement
-
- / އިންޑިއަން އެކްސްޕްރެސް

އިންޑިއާއިން އަނެއްކާވެސް ފޮނު އަރުވަން ފަށައިފި، ބުނަނީ މިފަހަރު ގާބިލުކަން އިތުރުކޮށްފި ކަމަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 5, 2025, 01:04 AM
މާލެ ސިޓީ

އިންޑިއާ ސިފައިންގެ ވެރިޔާ ޖެނެރަލް އުޕެންދްރާ ދުވީދީ ޕާކިސްތާނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

Advertisement

އޭނާ ވިދާޅުވީ ޕާކިސްތާނުން އާ ޢަދާވާތްތެރިކަމެއް ފަށައިފިނަމަ ދުނިޔޭގެ މެޕްއިން ޕާކިސްތާން ފޮހެލެވޭ ވަރަށް އިންޑިއާ އޮތީ ވަރުގަދަ ރައްދު ދިނުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

ސިފައިންނާ ވާހަކަ ދައްކަވަމުން ޖެނެރަލް ދުވެދީ ވިދާޅުވީ މީގެ ކުރިން “އޮޕަރޭޝަން ސިންދޫ 1.0” ގައި އިންޑިއާއިން ދެއްކި ހިފެހެއްޓުމެއް ނުދައްކާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި ޕާކިސްތާނުން ބޯޑަރު ހުރަސްކޮށް ޓެރަރިޒަމަށް ތާއީދު ކުރަމުން ގެންދާނަމަ ކުރިއަށް އޮތްތަނުގައި ދޭންޖެހޭ ޖަވާބުތައް ވަރުގަދަ ވާނެ ކަމަށެއެވެ.

ސިފައިންގެ ވެރިޔާ އޮޕަރޭޝަން ސިންދޫރުގެ މުހިންމު ނަތީޖާތަކަށް އަލިއަޅުވާލައްވައި ވިދާޅުވީ އިންޑިއާގެ މައިގަނޑު ކާމިޔާބަކަށް ވާނީ ޕާކިސްތާނުގެ ތަނެއް ހަލާކުކޮށްލުމެވެ. އަދި އެ އޮޕަރޭޝަނަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އަމިއްލައަށް ނަން ދެއްވިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި އޭނާ ވަނީ ތިން އޮފިސަރުންނަށް އެ އޮޕަރޭޝަންގައި އަދާކުރި ދައުރަށް ޝަރަފުވެރިކަން ދެއްވާފަ އެވެ.

ޕާކިސްތާނުން ވަނީ މިފަހުން ސައުދީ އަރައްބިއްޔާއާއި އެކު ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކޮށް ސަލާމަތީގޮތުން ވަރުގަދަ ފިޔަވަޅުތައް އަޅުއްވާފައެވެ. އިންޑިއާއިން އަންނަނީ މިކަމާއި މެދު ކަންބޮޑުވެ ޕާކިސްތާނާއި ދެކޮޅަށް ރޭވުންތައް ރާވާ ދަތިކުރުމަށް ގިނަ ކަންކަން މަޝްވަރާކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved