March 18, 2026
Advertisement
ލޭރީ އެލިސަން
ލޭރީ އެލިސަން / އަލްޖަޒީރާ

އިޒްރޭލަށް ނިސްބަތްވާ ބިލިއަނަރެއް ޓިކްޓޮކް ގަންނަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 5, 2025, 06:08 AM
މާލެ ސިޓީ

އޮރެކަލްގެ ބާނީ އަދި އިސްރާއީލް-އެމެރިކާއަށް ނިސްބަތްވާ ބިލިއަނަރު ލެރީ އެލިސަން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

ވޮޝިންޓަނުން އަންނަނީ ގައުމީ ސަލާމަތާ ބެހޭ އިދާރާތަކާއި ގުޅިގެން ޓިކްޓޮކް އެމެރިކާގެ މިލްކުވެރިކަމުގެ ދަށަށް ގެންދިއުމަށް ބާރުއަޅާ މަސައްކަތްކުރަމުންނެވެ. މި ޕްލޭންގެ ދަށުން އޮރެކަލް، އެލިސަންގެ ކުންފުނި އެމެރިކާގެ ޔޫޒަރުންގެ ޑޭޓާ މެނޭޖްކޮށް، އެޕްގެ އެލްގޮރިޒަމްތައް ބެލެހެއްޓުމަށް ފަހު، އެޕްގެ ނުފޫޒު ވަރަށް ބޮޑަށް ނަގާނެ ކަމަށް ބެލެވެއެވެ.

އެލިސަން އަކީ އިސްރާއީލާ ގާތް ގުޅުމެއް އޮންނަ މީހެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ. 2017 ވަނަ އަހަރު ފްރެންޑްސް އޮފް ދަ އިޒްރޭލް ޑިފެންސް ފޯސަސް އަށް ރެކޯޑް އަދަދެއް ކަމަށްވާ 16.6 މިލިއަން ޑޮލަރުގެ ހަދިޔާއެއް ކޮށްފައިވާއިރު، އޭނާ ވަނީ އިސްރާއީލަށް ތާއީދުކުރާ ކަންކަމަށް ގިނަ ދުވަސްތަކެއް ވަންދެން ތާއީދުކޮށްފަ އެވެ. މިކަމުގެ ސަބަބުން އޭނާގެ ސިޔާސީ އަދި ޚާރިޖީ ސިޔާސަތުގެ ވިސްނުންތަކުން ޓިކްޓޮކްގެ މުސްތަގުބަލު ބައްޓަންވެދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

އިސްރާއީލާ ގުޅުން ވަރުގަދަ ބިލިއަނަރެއްގެ ކޮންޓްރޯލްގެ ދަށަށް ޓިކްޓޮކް ދިއުމަކީ ސިޔާސީ ނުފޫޒުގެ ވަސީލަތަކަށް އެ ޕްލެޓްފޯމް ބަދަލުވުމުގެ ނުރައްކާ އޮތް ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ އިންޒާރު ދެމުންނެވެ. އެމީހުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved