

މިއަދު ގައުމުގައި ފެންނަމުން ދަނީ ލުޓޭރުން ލުޓޭރުންނަށް ގުދޯ ގޮވަމުންދާ މަންޒަރުކަމަށް ރައިސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރުވަން އެމްޑީޕީއިން ހަރަކާތެއް ބޭއްވުން ރަގަޅު ކަމަށާ ނަމަވެސް ވައްކަމާ ކޮރަޕްޝަންގެ ވާހަކަ އެމްޑީޕީއަށް ވެސް ނުދެއްކޭނެ ކަމަށެވެ.
އެގޮތުން އެމްޑީޕީ ސަރުކާރުގައި ވެންޓިލޭޓަރުން ކުރި ވައްކަމާ މުޅި ދައުލަތް ލޫޓުވުން ކުރިއަށް ގެންދިޔަކަމަށާ މި ސަރުކާރުގައި އެ މައްސަލަތައް ނުބަލާކަމަށެވެ. ހަމަ އެފަދައިން މިއަދު ވެސް ފެންނަމުންދަނީ ދައުލަތުގެ ތެރޭގައި ހަމަ ވަގުން ތިބި މަންޒަރު ކަމަށާ މި ސަރުކާރުންވެސް ދަނީ ވައްކަންތައް ފޮރުވަމުން ކަމަށެވެ.
އެހެންކަމުން މިއަދު ގައުމުގައި ފެންނަމުން ދަނީ ލުޓޭރުން އެހެން ލުޓޭރުންނަށް ގުދޯ ގޮވާ މަންޒަރު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޕީއެންފުން ހިމާޔަތް ކުރަނީ ގައުމީ މަސްހަލަތު ކަމަށާ، ޕީއެންއެފްގެ މެމްބަރުންނަށް ވަގަށް ނުގޮވެނޭ ކަމަށެވެ.