March 17, 2026
Advertisement
މުޒާހަރާ ތެރެއިން ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔަގޫބު ހައްޔަރުކޮށްފައި
މުޒާހަރާ ތެރެއިން ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔަގޫބު ހައްޔަރުކޮށްފައި / ސޯޝަލް މީޑިއާ

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫނިދޫއަށް ބަދަލުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 6, 2025, 06:41 PM

އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ލޫޓުވައިފިގެ ނަމުގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބި ހަ މީހުން ދޫނިދޫ އަށް ބަދަލުކޮށްފި އެވެ.

Advertisement

އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނި ގޮތުގައި ކޯޓުން ބަންދަށް 15 ދުވަސް ޖަހާފައިވާ މީހުން ދޫނިދޫއަށް ބަދަލުކުރީ މާލޭ ކަސްޓޯޑިއަލް ފުރިގެން ކަމަށެވެ. ހަ މީހުން ވެސް މިހާރު ބަދަލުކޮށްފައިވާ ކަމަށް ވަކީލުން ބުނެފައިވެއެވެ.

މުޒާހަރާގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ މުހައްމަދު ޚަލަފު އިބްރާހިމްއެވެ.

އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ. މީގެއިތުރުން މުޒާހަރާއިން ހައްޔަރުކުރި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ހުކުރު ދުވަހު އެމްޑީޕީ އިން ބޭއްވި މުޒާހަރާގައި ފުލުހުންނާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެ އެ ޕާޓިން ވަނީ މަޖީދީ މަގުގައި މުޒާހަރާ ކުރަން ފަށާފައެވެ. އެއްވުން ރޫޅާލުމަށް ފުލުހުން ގޮވާލި ނަމަވެސް އެމްޑީޕީ އިން ފުލުހުންނަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާކަމަށް ފުލުުހުން ބުނެފައިވެއެވެ.

މުޒާހަރާގައި ގާނޫނާ ހިލާފަށް އަމަލުތައް ބެހެއްޓެވި ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެެެއެވެ.

މި މުޒާހަރާގައި ފުލުުހުން ވަނީ އަށް ފަރާތެއް ހައްޔަރުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved