April 4, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޕާކިސްތާނުގެ ވަސްވެސް ފުހެލާނެ ކަމަށް ބުނެ މޯދީ ސަރުކާރުން އިންޒާރުދެނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 7, 2025, 12:54 AM
މާލެ ސިޓީ

އިންޑިއާއިން “ޕާކިސްތާނުގެ ވަސް ފިލުވާލާނެ” ކަމަށް އިންޑިއާގެ އިސް އޮފިޝަލަކު އިންޒާރު ދިނުމާއި ގުޅިގެން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދި ޚާރިޖީ ގުޅުމަށް ބުރޫތަކެއް އަރައިފިއެވެ.

Advertisement

މިގޮތުން މިއީ ޕާކިސްތާނާއި އެގައުމުގެ ރައްޔިތުންނަށް ފުރައްސާރަކޮށް ހަނގުރާމައެއް ފެށުމަށް އިންޑިއާއިން ބޭނުންވެގެން ގަސްދުގައި މަސްލަހަތު ގޯސްކުރުމަށް މަސައްކަތް ކުރުން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޕާކިސްތާނުގެ ސަރުކާރުން ވަނީ އެ ބަޔާން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މައާފަށް އެދުމަށް ގޮވާލާފައެވެ. ޕާކިސްތާނުގެ އޮފިޝަލުން ބުނީ އެއީ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި ދެ އަވަށްޓެރި ގައުމުގެ ގުޅުން ގޯސްވުމުގެ ނުރައްކާ އޮތް ކަމަށެވެ. އިދިކޮޅު ބައެއް ސިޔާސީ ބޭފުޅުންނާއި ރައްޔިތުން ވެސް ވަނީ ހަމަޖެހުމަށް އިލްތިމާސްކޮށް، އެފަދަ ބަސްތަކުން ބޯޑަރު ސަރަހައްދުގައި ފިތުނަ އުފެދިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އިންޑިއާއިން އަންނަނީ އިޒްރޭލާއި އެމެރިކާ ގުޅިގެން ޕާކިސްތާނާއި ދެކޮޅަށް ރޭވުންތައް ރާވަމުންކަމަށް ރިޕޯޓްތަކުން ބުނެއެވެ. މިގޮތުން ޕާކިސްތާނުގެ ނިއުކްލިއަރ މައުލޫމާތުތައް ހޯދުމަށް އިޒްރޭލު މެދުވެރިކޮށް ޖާސޫސުކުރަން މަސައްކަތްކޮށްފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.

މޯދީ ސަރުކާރަކީ މަކަރާއި ވައްކަމުން ހޮވިފައިވާ ސަރުކާރަކަށް ވާއިރު މޯދީގެ އިރުޝާދުގެ ދަށުން މުސްލިމް ގައުމުތައް ނެތިކޮށްލުމަށް އިންޑިއާއިން އަންނަނީ މަސައްކަތްކޮށް އެފަދަ ގައުމުތަކަށް ވާގިވެރިވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved