March 13, 2026
Advertisement
.
. / ރައީސް އޮފިސް

އދ.ފެންފުށީގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަވާލުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 7, 2025, 10:00 AM

އދ. ފެންފުށީގައި 300 މީހުންގެ ޖާގައިގެ އައު މިސްކިތެއް ބިނާ ކުރުމަށް ކޭ އެންޑް އެފް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙްމަދު އަކްރަމްއެވެ.

ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ހިމެނޭ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މީގެ އިތުރުން މި މިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއް ހިމެނޭނެއެވެ. މިސްކިތުގެ މަސައްކަތް ނިމޭއިރު ސޯލާ ހަރުކުރެވި އޭސީ ކުރެވޭނެއެވެ. މި މިސްކިތާއެކު އާ ހިނަވާގެއެއް އިމާރާތް ކުރެވިގެންދާނެކަން މުއިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ.

މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved