March 24, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އަޅަނީ

Yana Shareef
ޔާނާ ޝަރީފް
Feb 6, 2026, 04:39 AM

ހުޅުމާލެގައި ބިނާކުރާ ގްރޭންޑް މޮސްކް (ބޮޑު މިސްކިތް)އަޅަން ފަންޑު ހަމަޖެހިފައިވާ ކަމަށާއި، އަންނަ ސެޕްޓެމްބަރު 13ގައި އެ މިސްކިތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement

މި މަޝްރޫއުގެ ވާހަކަ އިއުލާން ކުރެއްވީ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހިމެނޭނެ ކަމަށެވެ. އަދި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަަމަށްވެސް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުން ކަމަށެވެ. އަދި މި މަޝްރޫއުގެ ޑިޒައިނިންއާއި ހުރިހައި މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފަރާތުން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. މި މިސްކިތް ބިނާކުރެވިގެންދާނީ ފޭސް 2/ ފޭސް 3 ދެމެދުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved