April 4, 2026
Advertisement
,
, / ސޯޝަލް މީޑިއާ

ވިހަ ކޯފް ސިރަޕެއް ބޮއެގެން އިންޑިއާގައި 14 ކުއްޖެއް މަރުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Oct 7, 2025, 10:05 AM

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ވިހަ ކޯފް ސިރަޕެއް ބޮއެގެން 14 ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

Advertisement

މި ކުދިން މަރުވީ ކޮލްޑްރިފް ނަމަކަށް ކިޔާ ސިރަޕެއް ބޮއެގެންނެވެ.

މަދްޔަ ޕްރަދޭޝްގައި ހިނގި މި މައްސަލަ ތަހުގީގު ކުރުމަށް އެ އަވަށުގެ ކަމާބެހޭ ފަރާތްތަކުން 12 މެމްބަރުންގެ ސްޕެޝަލް އިންވެސްޓިގޭޝަން ޓީމެއް (އެސްއައިޓީ) ވަނީ އެކުލަވާލާފައެވެ.

ނޭދެވޭ އަސަރުތަކެއް މި ސިރަފުން ކުރާ ކަމަށް ރިޕޯޓްތައް ބުނެފައިވާއިރުވެސް މި ސިރަޕް ލިޔެދިން ޑޮކްޓަރު، ޑރ ޕްރަވީން ސޯނީ ވަނީ ހައްޔަރުކޮށްފައެވެ. އަދި ކޮލްޑްރިފް ޝިރަޕް އުފައްދާ ތަމިލް ނާޑޫގައި ހުންނަ ކާންޗީޕޫރަމްގެ ކުންފުނި ސްރެސަން ފާމަސިއުޓިކަލްސްގެ މައްސަލަ ވަނީ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

އެންމެ ފަހުން މި ބޭސް ބޮއެގެން މަރުވި އުމުރުން ދެ އަހަރުގެ ޔޯގީތާ ތަކްރޭގެ ޕޯސްޓްމޯޓަމް ވަނީ ހަދާފައެވެ. މި ބޭސް ބޮއެގެން އަށް ކުޑަ ކުދިން އަދިވެސް ނާގްޕޫރުގެ ހޮސްޕިޓަލްތަކުގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved