theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ޓެރަރިޒަމާއި ދެކޮޅަށް މައުލޫމާތު ފެތުރުމުގައި ނޫސްވެރިންނަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
07 އޮކްޓޯބަރު 2025
މާލެ ސިޓީ

ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި މީޑިއާގައި މަސައްކަތްކުރާ މީހުންގެ ގާބިލުކަން އިތުރުކޮށް އެ މީހުންގެ ހުނަރުތައް ކުރިއެރުވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ރާއްޖޭގައި ފަށައިފި އެވެ.

"ސުލްހައިގެ ނޫސްވެރިން" ގެ ނަމުގައި އިއްޔެ ފެށި އެ ޕްރޮގްރާމަކީ ކައުންޓާ ޓެރަރިޒަމާއި މެދުމިނުގެ ވިސްނުންތަކާބެހޭ މައުލޫމާތު ފެތުރުމުގައި މީޑިއާގައި މަސައްކަތްކުރާ މީހުންގެ ގާބިލިއްޔަތު އިތުރުކޮށް އެ މީހުންގެ ހުނަރުތައް ކުރިއެރުވުމަށްޓަކައި އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން އިސްނަގައިގެން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ސިލްސިލާ ޕްރޮގްރާމުގެ ބައެކެވެ.

މި ޕްރޮގްރާމް ކުރިއަށް ދަނީ 05 މުއްދަތަކަށެވެ. މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ އެކި މީޑިއާތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މީޑިއާގައި މަސައްކަތް ކުރައްވާ 30 މީހުން ބައިވެރިވެ އެވެ.

މި ތަމްރީން ޕްރޮގްރާމަކީ އައިއެމްސީޓީސީ އާއި ރާއްޖޭގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި މި ޖަލްސާގައި ޑިފެންސުން ބައިވެރިވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ ބުނެފައިވެއެވެ. އަދި ހަރުކަށިފިކުރާ ދެކޮޅަށް މީހުންގެ ގާބިލުކަން އިތުރުކުރުމަށް ސައުދީ އަރަބިއާގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވާފައިވެއެވެ.

ޑިއާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންނާއި ނޫސްވެރިންނާއި ތައުލީމީ ދާއިރާގެ މީހުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ކޮންޓެންޓް އެނަލައިޒްކޮށް, ހަރުކާށި ފިކުރުގެ ވާހަކަތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ނަފުރަތު އުފެއްދުމުގެ ވާހަކަތައް ހުންނަ ގޮތް ދެނެގަތުމާއި އެ ކަންތައްތައް ހައްލުކުރުމަށް ބުއްދިވެރި ޕްރޮފެޝަނަލް ގޮތްތައް ބޭނުންކޮށްގެން ކޮންޓެންޓް އެނަލިސިސްއާއި ދޮގު ހަބަރުތަކުގެ މަސްދަރު ހޯދުމާއި ޒަމާނީ ޑިޖިޓަލް ވެރިފިކޭޝަން ޓޫލްތައް ބޭނުންކުރާނެ ގޮތް ކިޔައިދޭން ވަނީ ހަމަޖެހިފަ އެވެ.

އައިއެމްސީޓީސީއަކީ ސައުދީ އަރަބިއާގެ ސަރުކާރުން އިސްނަގައިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި ރާއްޖެ ހިމެނޭހެން 42 މެންބަރު ގައުމެއް އޮވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved