ރާއްޖޭގެ އަސްކަރީ ބޭނުމަށް ގެނައި ބަރު ހަތިޔާރު / ޓޭންކަރުތައް / ރައީސް އޮފިސް
ހަބަރު
ޑިފެންސަށް ގަތް ހަތިޔާރުގެ ފައިސާއިން ފަލަސްތީނު ރައްޔިތުން ޝަހީދުކުރުމަށް ހޭދަކުރާނެ!
20 އޭޕްރީލު 2025
މާލެ ސިޓީ

ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ކަމަށް ބުނެ ގަތް ހަތިޔާރަކީ ފަލަސްތީނުގެ ރައްޔިތުން ކަތިލާ މަރަމުންދާ ޖައްބާރު ޔަހުދީ އިޒްރާއިލުގެ ކުންފުންޏަކަށް ފައިސާދީ ގަތް ހަތިޔާރުކަން ހާމަވެއްޖެއެވެ.

އެގޮތުން ދިވެހި އަސްކަރިއްޔާގެ ބޭނުމަށް އެންމެ ފަހުން ގެނައި އަޖްބާން މަރުކާގެ "އަޖްބާން 442އޭ" އުފައްދާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ސަރުކާރުގެ ޑިފެންސް ކުންފުނި އެޖް ގްރޫޕަކީ ޖައްބާރު ޔަހޫދީ އިޒްރޭލަށް ވާގިވެރިވާ ކުންފުންޏެއްކަން ވަނީ ހާމަވެފައެވެ.

އެގޮތުން ރާއްޖެއިން އަސްކަރިއްޔާއަށް ބަރު ހަތިޔާރު ގަތުމަށް ފައިސާ ޔޫއޭއީގެ އެޖް ގުރޫޕަށް ފައިސާދީފައިވާއިރު އެ ކުންފުންޏަކީ އިޒްރާއީލުންގެ ތާޑްއައި ނަމަކަށް ކިޔާ ކުންފުނީގެ 51 އިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދި ދުނިޔޭގެ ބޮޑެތި މީޑިޔާތަކުން ވެސް ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޖް ގްރޫޕުން ތާޑު އައިގެ ހިއްސާ ގަތީ މި އަހަރުގެ ކުރީކޮޅެވެ. އެޖް ގްރޫޕުން ތާޑު އައިގެ 30 އިންސައްތަ ހިއްސާ ގަތީ 10 މިލިއަން ޑޮލަރަށް ކަމަށްވެސް ވެއެވެ.

އެ ކުންފުނިން އިޒްރޭލުގެ އަސްކަރިއްޔާ (އައިޑީއެފް) އަދި ނޭޓޯގެ މެންބަރު ގައުމުތަކުގެ އަސްކަރިއްޔާތަކަށް މި ހިދުމަތް ފޯރުކޮށްދެމުންދެ އެވެ. މިހާރު އިޒްރޭލުން ގާޒާގައި ހިންގަމުންދާ ނަސްލުހޭދައާ ދިމާކޮށް ތާޑު އައި އިން ދަނީ އިޒްރޭލުގެ އައިޑީއެފްއަށް ކުރަމުންދިޔަ އަސްކަރީ ސަޕްލައި އިތުރުކޮށްފައެވެ.

މީގެ އިތުރުން، އެޖް ގްރޫޕުން ވަނީ ތާޑު އައި އާއެކު ޖޮއިންޓު ވެންޗާއެއް ފަށާ، އެކަމަށް 12 މިލިއަން ޑޮލަރު އިންވެސްޓުކުރަން ވެސް އެއްބަސްވެފަ އެވެ. މި ޖޮއިންޓު ވެންޗާއިން މަސައްކަތް ކުރަނީ އިލެކްޓްރޯ އޮޕްޓިކަލް އޮބްޖެކްޓް ރިކޮގްނިޝަން ސިސްޓަމްތަކެއް ތަރައްގީ ކުރުމަށެވެ.

ރާއްޖެ ގެނައި 5 ޓޭންކަރު ގަތުމަށް ދައުލަތުގެ ބަޖެޓުން 3.5 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވެއެވެ.

އެހެންކަމުން ރާއްޖޭގައި ބޭނުންކުރުމަށް ގަތް ބަރު ހަތިޔާރުގެ ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނާ މެދު ކުރަމުންދާ ނަސްލު ހޭދައަށް ޖައްބާރު ޔަހޫދީންނަށް ވެސް ފައިސާ ލިބިގެންދާނެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved