April 4, 2026
Advertisement
އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން
އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން / އެމްއެންޑީއެފް

"ގައުމީ ހިދުމަތުގެ ޕްރޮގްރާމް" ފެއްޓެވުމަކީ ބަޖެޓަށް ބުރަވާނެ ކަމެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 5, 2024, 03:55 AM
މާލެ ސިޓީ

ކިޔެވުމުގެ ފެންވަރު ދަށް ވުމުގެ ސަބަބުން މަތީ ތައުލީމުގެ ފުރުސަތުތަކާއި ވަޒީފާތަކުން ބާކީވެފައި ތިބި ފުރާވަރު އުމުރުފުރައިގެ ޒުވާނުން ސިފައިންނާއި ފުލުހުންގެ ގޮތުގައި ތަމްރީނުކުރަން އަންނަ އަހަރު "ގައުމީ ހިދުމަތުގެ ޕްރޮގްރާމް" ފެއްޓެވުމަކީ އެއީ ގައުމަށް ބުރައަކަށް ވާނެ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ނަސްރުގެ ދުވަހުގެ މުނާސަބާގައި ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކިޔެވުމުގެ ރޮގުން އިތުރަށް ކުރިއަށް ނުދެވޭނެ ބަޔަކު ސަލާމަތީ ބާރުތަކަށް ވެއްދުމަކީ ރިފްރަފެއް ނޫން ކަމަށާ އެ މުއައްސަސާތަކަށް ވައްދަން ވާނީ މެރިޓު އުސޫލުން ކަމަށެވެ. އަދި އެ މުއްސަސާތަކަށް ބޭނުންވަނީ އިލްމީ ގޮތުން ދަށް ފެންވަރު ބަޔަކު ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އޭގެ އިތުރުންވެސް އެއީ ބަޖެޓަށް ވެސް ބޮޑު ބުރައަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.

ޖަޒްބާތުގަ ކޮންމެ ވާހަކައެއް މި ދައްކަނީ. އޯލެވެލްގައި ދަށްކޮށް ފާސްވާ ކުދިން ނުވަތަ އިތުރަށް ކިޔެވުމުގައި ކުރިއަށް ނުދެވޭނެ ކުދިން ސިފައިންގެ އާ ފުލުހަށް ވެއްދުން. މި ރިފްރަފެއް ނޫން އަޅުގަޑުމެން ބޭނުންވަނީ. އެތަނަށް ވަންނާނެ މީހުން މިހާރު ވާނެ. މިއީ ދޫކޮށްލާފައި އޮތް އުސޫލެއް. ނެޝަނަލް ޑްރާފްޓިން އަޅުގަޑުމެން ވާނީ ދޫކޮށްލާފައި

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ބަޔަކަށް ވަޒީފާ ލިބޭތީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަނީ ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved