March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ސިފައިން ކޮންމެ މުޒާހަރާއަކާއި ދިމާކޮށް ނެރުމަކީ ކަނޑައެޅިގެން ގާނޫނާއި ހިލާފު އަމަލެއް: ރައީސް ޔާމީން

Hussain Nawaf
ހުސައިން ނަވާފް
Mar 26, 2025, 11:21 PM

ސިފައިން ކޮންމެ މުޒާހަރާއަކާއި ދިމާކޮށް ނެރުމަކީ ކަނޑައެޅިގެން ގާނޫނާއި ހިލާފު އަމަލެއްކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުޒާހަރާތައް ކޮންޓްރޯލުން ނެއްޓޭ ދަނޑިވަޅުގައި ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރުމަކީ މައްސަލައެއްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި މިއަދު ކޮންމެ މުޒާހަރާއެއް ހުއްޓުވުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާކަމަށް ފާހަގަކޮށް އެކަން ނުކުރުމަށް ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްއަށް ރައީސް ޔާމީންވަނީ ގޮވާލައްވާފަ އެވެ.

ފުލުހުންނަށް ކޮންޓްރޯލް ނުކުރެވޭ ހާލަތަށް ގޮސްގެން ފުލުހުން އިލްތިމާސްކޮށްގެން ނޫނީ ސިފައިން މުޒާހާރާ ހުއްޓުވުމަށް އައިސްގެން ނުވާނެ. މަދަނީ ކަންކަމުގެ ތެރެއަށް ނުވަދެވޭނެ ސިފައިންނަކަށް. އަދި މިގޮތަށް އިލްތިމާސްވެސް ކުރަން ޖެހެނީ ލިޔުމުން.

ރައީސް ޔާމީން

އެގޮތުން ރައީސް މުއިއްޒުގެ ދައުރުގައި ފެނިގެންދަނީ މުޒާހަރާތަކަށް ހުރަސް އެޅުމަށްޓަކައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާ މަންޒަރުކަމާއި އެއީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އަދި މިއަދު ބޭނުން ކުރަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކަން ފާހަގަކޮށް އެމަނިކުފާނުވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved