March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

03 އޮކްޓޯބަރު މުޒާހަރާގައި ހައްޔަރުކުރި މީހުންނަށް ފަރުވާ ނުލިބޭ ކަމަށް ބުނެ، ހައިހޫނުކަމުގެ ހަޅުތާލެއް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 8, 2025, 02:55 AM
މާލެ ސިޓީ

ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުން ހައްޔަރުކުރި ހަ މީހުންނަށް ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ، ހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

Advertisement

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޕާޓީގެ އެއްވުމުން ހައްޔަރުކުރި މީހުންނަށް ސިއްހީ ފަރުވާ ނުލިބުމުގެ އިތުރަށް، އެ މީހުންގެ ތަހުގީގު ދިގުލައިގެން ދިޔުމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

އެހެންވެ، އެ މީހުން މިހާރު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މީހުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް، ކަމާ ބެހޭ ފަރާތްތަކަށް ފައްޔާޒު ގޮވާލެއްވިއެވެ.

ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި އެމްޑީޕީން ބޭއްވި އެއްވުމުގައި ހައްޔަރުކުރި މެންބަރުންގެ ތެރޭ ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ހިމެނެއެވެ.

އެގޮތުން އެ ރޭގެ އެއްވުމުން ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފާއި، މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހާއި އައްޑޫ ހިތަދޫ ރަސްގެދަރަ ކައުންސިލަރު ހަސަން ޒަރީރު ހައްޔަރުކުރިއެވެ.

އެ އެއްވުމުގެ ތެރެއިން އަށް މީހަކު ހައްޔަރުކުރި އިރު، އެ ތަނުން ޒަރީރާއި، މުހައްމަދު ޚަލަފް އިބްރާހީމް ވަނީ ދޫކޮށްލައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved