March 14, 2026
Advertisement
އެޗްއާރްސީއެމް
އެޗްއާރްސީއެމް / އެޗްއާރްސީއެމް

ސަލާހުއަށް އަނިޔާކުރި މައްސަލަ އެޗްއާރްސީއެމް އިން ބަލަން ފަށައިފި

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 09:05 AM

މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ލޫޓުވައިފިގެ ނަމުގައި ބޭއްވި މުޒާހަރާ އިން ހައްޔަރުކުރި ފަހުން ކ. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހުގެ އިނގިއްޔެއް ބިންދާލައި އަނިޔާކުރި މައްސަލަ އެޗްއާރްސީއެމް އިން ބަލަން ފަށައިފި އެވެ.

Advertisement

އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ ބަލަމުން އަންނަ ކަމަށެވެ.

ސަލާހުގެ ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވީ ބިންދާލާފައި ވަނީ ވައަތުގެ ބޮޑުވައި އިނގިލި ކަމަށެވެ. އަދި އޭނާގެ ކަނާއަތް ފަރާތު އަރިކަށީގައި ވެސް ޒަހަމެއް އެބަހުރި ކަމަށް ވަކީލު ވިދާޅުވި އެވެ.

ސަލާހުއާ ހަވާލާދީ ވަކީލު ވިދާޅުވީ ހައްޔަރުކުރި އިރު އޭނާ ގަދަ ހަދާފައިނުވާއިރު، އޭނާއަށް ބޮޑެތި އަނިޔާތަކެއް ފުލުހުން ދީފައިވާ ކަމަށެވެ.

ސަލާހުއަށް ފަރުވާ ދިނީ އަނިޔާ ދިންތާ 24 ގަޑިއިރު ފަހުން ކަމަށް ވެސް ވަކީލު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved