March 27, 2026
Advertisement
-
- / ވަން އޮންލައިން

ނ.ވެލިދޫ ގައި ސަރުކާރުން އަޅަން ފެއްޓެވި ހޮސްޕިޓަލް ގެ މަސައްކަތް ނުކުރާތާ 03 މަސް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 8, 2025, 06:48 PM
މާލެ ސިޓީ

ނ.ވެލިދޫ ގައި ސަރުކާރުން އަޅަން ފެއްޓެވި ހޮސްޕިޓަލް ގެ މަސައްކަތް ނުކުރާތާ 03 މަސް ދުވަސް ވެފައިވާ ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

އައްބާސް ވިދާޅުވީ ރައީސް ޑރ.މުއިއްޒު ވަޑައިގަންނަވާތީ ހޮސްޕިޓަލްގެ މަސައްކަތް ފައްޓަވާފައި 10 ވަރަކަށް ބުޑު ކޮންކުރީޓް ކުރިގޮތަށް ރައީސް ފުރާ ވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގަންނަވާ ދުވަސްވަރުގައި މަޝްރޫއުތައް ފައްޓަވާ ބާރު ސްޕީޑްގައި މަސައްކަތް ކުރާ ކަމަށް ރައްޔިތުންނަށް ދައްކަން މަސައްކަތް ކުރާ ކަން ފާހަގަކުރެވެއެވެ.

-
-

މިގޮތަށް މަސައްކަތް ނުކޮށް ގިނަދުވަހު ހުރުމުގެ ސަބަބުން ކޮލަމް ދަގަނޑު ތަށް ދަބަރުޖަހާ ހަލާކުވަމުންދާކަމީ ހިތާމަކުރާ ކަމެއް ކަމުގައި އައްބާސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަތޮޅުގެ އެންމެ ބޮޑު ޒުވާން އާބާދީ އޮތް ރަށުގައި ރޭގަޑު ފުޓްބޯޅަ ކުޅެވޭނެ އެއްވެސް ގޮތެއްނެތް ކަމަށް ފާހަގަކުރައްވާ އައްބާސް ކުރެއްވި އެކްސް ޕޯސްޓްގައި ވިދާޅުވީ ޒުވާނުންނަށް ރޭގަނޑު ވަގުތުވެސް ކުޅެވޭނެ ގޮތް ސަރުކާރުން ހަދައި ނުދިނަސް އެކަން އޭނާ ކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved