theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ބޯޅައިގައި ޖައްސަވަނީ، އެއާއެކު ބޫޓު ވިއްސައިގެން ދާ މަންޒަރު ފެނޭ / ވީޑިއޯ ސްކްރީން ޝޮޓް
ހަބަރު, ސިޔާސީ
މުއިއްޒު ފައިން ބޫޓު ދޫވުން؛ އަމީރު ވިދާޅުވީ އެހެންވީ މީހާ އަށް ވުރެ ބޮޑު ބޫޓަކަށް އެރިގެން ކަމަށް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
08 އޮކްޓޯބަރު 2025
މާލެ ސިޓީ

އދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ފުޑްސަލް ދަނޑެއް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބޯޅައިގައި ފައިން ޖައްސަވަން އުުއްވަނިކޮށް އެ މަނިކުފާނުގެ ބޯޓު ކޮޅު ވިއްސައިގެން ދިއުމުން އެކަމާއި ގުޅިގެން ބައެއް މީހުން ވާހަކަ ދައްކައިފި އެވެ.

އެ ގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ފެންނަމުން އެދަނީ އަސްލު ދިމާވެގެން އުޅޭ މައްސަލަ ކަމަށެވެ.

ކިހިނެއް އެއްވެސް ކަމެއް ރަނގަޅަށް ދާނީ. މި ފެންނަނީ ގައުމަށް ވެސް އަސްލު ދިމާވެގެން މި އުޅޭ ގޮތް! މީހާ އަށް ވުރެ ބޮޑު ބޫޓަކަށް އެރިގެން މި އުޅެނީ.

- އަމީރު

ރައީސްގެ ބޫޓުކޮޅު ވިއްސައިގެން ދިޔަ މައްސަލައިގައި ވާހަކަ ދެއްކި ގިނަ މީހުން ބުނީ ރައީސް އަރުއްވައިގެން ހުންނެވި ބޫޓު ކުޑަކޮށް ނަމަވެސް ރައީސް އަށް ބޮޑީ ކަމަށެވެ.

ރައީސް ބޫޓު ވިއްސައިގެން ދިއުމުން ވިއްސައިގެން ދިޔަ އެމަނިކުފާނުގެ ބޫޓު ގެނެސް ދިނީ ސިފައިން ބޭފުޅެކެވެ. ރައީސްގެ ބޫޓު ވިއްސައިގެން ދިއުމުން އެމަނިކުފާނުގެ ވަފުދަށް ނުތަނަވަސްކަން ވެރިވި އެވެ.

ރައީސް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައި ވަރަށް ގިނައިން ބޯޅަ ކުޅުއްވަ އެވެ. އެ ގޮތުން މިފަހުން ކުޅުނު މެޗެއްގައި އެމަނިކުފާނު އަށް މީހަކު ޓެކުލްކޮށް ވައްޓާލައްވާ ވީޑިއޯއެއް ވެސް ވައިރަލް ވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved