theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވަގަށް އެތެރެ ކުރި ސިނގިރޭޓުތަކެއް ވަގަށް ނަގައިފި / ސޯޝަލް މީޑިއާ
ހަބަރު
ވަގަށް އެތެރެ ކުރަން އުޅެނިކޮށް ހިފަަހައްޓާފައި ހުރި ސިނގިރޭޓުތަކެއް ވަގަށް ނަގައިފި
Mariyam Isaadha
މަރިޔަމް އިސާދާ
09 އޮކްޓޯބަރު 2025
މާލެ ސިޓީ

ރާއްޖެއަށް ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނަގައިފިއެވެ.

މި ދެ ކޮންޓެއިނަރ ސިނގިރޭޓަކީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުރި ސިނގިރޭޓުތަކެއް ކަމަށް ވެއެވެ.

އެޕްރީލް މަހުގެ ފަހު ކޮޅު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށް ކަމަށް ބުނެ ގެނައި ދެ ކޮންޓެއިނަރު ވަގު ސިނގިރޭޓު އަތުލައިގަނެ، އެމްޕީއެލް ހުޅުމާލެ ޕޯޓުގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުއްޓާ ސިނގިރޭޓު ކޮންޓެއިނަރ ވަގަށް ނަގާފައިވަނީ ސިދާ ކޮން އިރަކު ކަމެއް އެނގިފައިނުވެއެވެ.

ސިނގިރޭޓުތައް ވަގަށް ނެގިކަން ހާމަވެފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭގެ ވަގުތެއް ބެލި ބެލުމުންނެވެ. ސެކިއުރިޓީ ގާޑުންނާއި ކެމެރާތައް ހުންނަ މި ސަރަހައްދުގައި ހުރި ބޮޑު ދެ ކޮންޓެއިނަރެއްގެ ސިނގިރޭޓުގެ ބަދަލުގައި ބަލާފާސްކުރި ކުރި ހުރީ ހުސް ކޮންޓެއިނަރތަކެއް ކަމަށްވެސް ވެއެވެ.

ގެއްލުނު ތަކެތީގެ ޑިއުޓީއަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރައެވެ. ވަގަށް ނެގި ކޮންޓެއިނަރުތަކުގައި ހުރީ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓެވެ. ދެ ކޮންޓެއިނަރުގައި މަދުވެގެން ޖުމްލަ 12 މިލިއަނަށްވުރެ ސިނގިރޭޓު ހުއްޓެވެ.

މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved