
ބޯޓް ކެޕްޓަނުން، އޮއިލަރުން، ޑެކް އޮފިސަރުން އިސްވެރިންގެ ގޮތުގައި އައްޔަންކޮށްގެން، މޯލްޑީވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ނުހިންގޭނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓުގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލި ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވެފައިވަނީ އެމްޕީއެލަށް ބޭނުންވަނީ ޕްރޮފެޝަނަލް މެނޭޖިންގ ޑިރެކްޓަރެއް ކަމަށެވެ. އެގޮތުން ބިޒްނަސް މެނޭޖްމަންޓުން ތަޢުލީމު ހާސިލްކޮށްފައިވާ ބޭފުޅަކަށް އެބޭފުޅަކު ވާން ޖެހޭނެ ކަމަށް ވިދާޅުވެ މަލީހު ވަނީ ޚަރަދު ކުޑަކޮށް ސަރުކާރުގެ ނުފޫޒަށް ނޫނެކޭ ބުނެ ނަޒާހަތްތެރިކަން އިސްކުރާނެ ޝަހުސިއްޔަތަކަށްވެސް އެބޭފުޅަކު ވާން ޖެހޭނެ ކަމަށެވެ.
ބޯޓް ކެޕްޓަނުންނާ އޮއިލަރުންނާ ޑެކް އޮފިސަރުން ފަދަ ބޭފުޅުން އެ މަގާމަށް އައްޔަންކޮށްގެން ކުންފުނި ނުހިނގާނެ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒާ ގާތް ގުޅުމެއް އޮންނަ، އެޑިއުޚޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއުގެ ބޭބެ، ކެޕްޓަން ހުސެއިން ޝަފީގު އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށްވެސް ރައީސް މުއިއްޒުގެ ސަރުކާރުން އައްޔަންކޮށްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.










