ރާއްޖެ އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ ކެނަބިސް ފަތް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފައިވަނީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ފަތެވެ.
އެތަކެތީގެ ބަރުދަނުގައި 1.2 ކިލޯ ހުރި ކަމަށާއި މި ތަކެތީގެ މަގުމަތީ އަގު 936,000 އަރާ ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖެއިން މަސްތުވާތަކެތި ނައްތާލުމަށް ފުލުހުން އަންނަނީ “އަލިމަގު” ނަމުގައި އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެތަކެތި ބޭނުންކުރާ މީހުން ހައްޔަރުކޮށްފައިވެއެވެ.