
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯއަކަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއުގެ ބޭބެ ހުސެއިން ޝަފީގު އައްޔަންކޮށްފިއެވެ.
މި ސަރުކާރުގައި އެމްޕީއެލްގެ ތިން ވަނަ ސީއީއޯ ކަމަށް ނަންބަރ ރސ 2861، ހުސައިން ޝަފީގު އައްޔަންކޮށްފައިވާކަން ޕީސީބީއިން ވަނީ ހާމަކޮށްފައެވެ. ޕީސީބީން ބުނީ އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި ސީއީއޯ ކަމުގެ އިތުރުން މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މިއަދުން ފެށިގެން ޝަފީގު އައްޔަންކޮށްފައިވާ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ފުރަތަމަ އައްޔަނުކުރީ މުހައްމަދު ވަޖީހެވެ. އޭނާ މަގާމުން ވަކިކުރީ ރައީސް މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ މައްސަލަ ޖެހުނު ދުވަސްވަރުގައެވެ.
އެއަށް ފަހު އެ މަގާމަށް އައްޔަނުކުރީ ކުރީގެ ޑެޕިޔުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޝްވާނެވެ އޭނާގެ މޭސްތިރިކަމުގައި އެމްޕީއެލް ގާތްގަނޑަކަށް 14 މަސް ދުވަހު ހިންގާފައިވެއެވެ. އޭނާ އިސްތިއުފާ ދިނީ، އެމްޕީއެލްގެ ބަނދަރުން ކޮންޓެއިނަރު ނެރެން ހޭދަވާ ވަގުތު އިތުރުވެ، ގިނަ އަދަދެއްގެ މުދާ ތާށިވެފައި ހުރި ދަނޑިވަޅެއްގައެވެ. ނަމަވެސް އޭނާއަށް އިސްތިއުފާ ދޭން އެންގީ، މި މައްސަލައިގައި ނޫން ކަމަށްވެއެވެ.










