
އިގްތިސޯދީ ގޮތުން ދަތި ދުވަސްތަކެއް މުޅި ދުނިޔެ ދެކެމުންދާއިރުވެސް ރާއްޖޭގެ ރައީސްގެ ފަރާތުން ޚަރަދުކުރުމުގެ ބަދަލުގައި ޚަރަދުތައް އިންތިހާއަށް މައްޗަށް ގެންދަމުންދާތީ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ނުުރހުން އަމާޒުކުރައްވައިފިއެވެ.
ޑރ ޖަމީލުގެ ފާޑުވިދާޅުވުމާ ނުރުހުން އަމާޒުކުރެއްވީ މެދު އިރުމަތީގެ ހަނގުރާމަ ފެށި މުޅި ދުނިޔެވެސް އެކަމުގައި ދަތި ދުވަސްތަކެއް ތަހައްމަލު ކުރަމުންދާތީ ގިނަ ގައުމުތަކުން އިގްތިސޯދީ ގޮތުން މުހިއްމު ފިަޔަވޅުތައް އަޅާ ޚަރަދު ކުޑަކުރަމުންދާއިރު، ރައީސް މުހައްމަދު މުއިއްޒު ސުމާރެއް ބެލުމެއް ނެތި ދައުލަތަށް މުވައްޒަފުންނާ ނަގާ ކަރަދުތައް އިންތިހާއަށް މައްޗަށް ގެންދާދިއުމުގެ ތެރެއިން އިބްރާހިމު ޒިޔަތު އެމްޕީއެލްގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރުމުންނެވެ. ޒިޔަތު އަކީ އެ ކުންފުނީގައި މިވަގުތު ހުރި 3 ވަނަ ޑީއެމްޑީއެވެ.
އެކަމަށް އިޝާރާތްކުރައްވާ ޕީއެންއެފްގެ ނައިބުކަން ވެސް ކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޖާޒީ ގޮތަކަށް ފާޑުވިދާޅުވެ ވިދާޅުވެފައިވަނީ އެއީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ތެލަށް ޖެހި، ގެސްޓުން އައުން މަދުވުމާއި ގުޅިގެން ރަައީސް މުއިއްޒު އަޅަމުންދާ އިގްތިސާދީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ، ރައީސް މުއިއްޒުގެ އެފަދަ އަމަލުތަކުގެ ސަބަބުން ހޭންވީކަމެއް ނުވަތަ ރޯންވީކަމެއްވެސް ނިންމަން ދަތިވެފައިވާ ކަމަށާ ރައީސް މުއިއްޒުގެ ސިކުނޑީގައި ތެތްކަމެއް ނެތް ނަމަވެސް އެފަދަ ކަންކަމުން ހާމަވާ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒު ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލުގެ މިފަދަ ބަސްފުޅުތަކެއް ދޫކުރައްވާފައިވާއިރު، މި ސަރުކާރުން ގެންދަނީ ކުންފުނިތަކަށްވެސް އިންތިހާބާ ދިމާކޮށް 100 އިން މައްޗަށް މުވައްޒަފުން ހޯދަމުންނެވެ. މިއީ ދައުލަތުގެ ރިކަރަންޓު ޚަރަދަށް އިތުރު ބުރައަކަށް ވާނެ ކެމެކެވެ.










