theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު އިންޑިއާ އައުޓު ޓީޝާޓުގައި / ސޯޝަލް މީޑިއާ
ހަބަރު
މުއިއްޒު ކަހަލަ މަޑު ފުއްގަނޑަކަށް އިންޑިއާ ސިފައިން ނުބޭލޭނޭ: އުމަރު
09 އޮކްޓޯބަރު 2025
މާލެ ސިޓީ

އިންޑިއާ ސިފައިން މިގައުމުގައި އަދިވެސް އެބަތިބި ކަމަށާ އެ މީހުން ބޭލޭނީ ވަރަށް ވަރުގަދަ ލީޑަރަކަށް ކަމަށް ކުރީގެ ދާޚިލީ ވަީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިފަދައިން ވިދާޅުވީ ޗެނަލް13 ގެ ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވަން ކަމަށް ބުނެ އެމްޑީޕީއިން މަގުތައް މައްޗަށް މުޒާހަރާކުރަން ނުކުމެ ވައްކަމާ ކޮރަޕްޝަންގެ ވާހަކަތައް ދައްކާއިރުވެސް ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް ނުރައްކާވާ ކަހަލަ ކަންކަން މި ސރުކާރުން ވެސް ކުރަމުންދާއިރުވެސް އެއިން ކަމަކަށް ބަސް ނުބުނާ ސަބަބާ މެދު ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެމްޑީޕީ އަދި ޕީއެންސީގެ ވެރިކަމުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށާ އިންޑިއާ ސިފައިން ތިބެގެން އެ ވާހަކަ އެމްޑީޕީއިން ނުދައްކާނެ ކަމަށެވެ.

އެހެނީ އިންޑިއާއަކީ އެ ޕާޓީގެ ވެސް ވަރަށް ގާތް މިތުރުންނަށްވެފައި އިންޑިއާގެ އެހީތެރިކަމާ އަދިވެސް ވެރިކަމަށް އަންނަން އެމްޑީޕީއިން ރާވާނެތީ ކަމަށެވެ.

އުމަރު ވިދާޅުވީ މި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވާލައިފި ކަމަށް ބުނި ނަމަވެސް މިހާރުވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަނޑަހަ ޖަހައިގެން އެމީހުންގެ އުޅަނދުތަކުގައި ރާއްޖޭގައި އިންޑިއާ ސިފައިން އެބަ ތިބި ކަމަށާ އެއީ ނުރައްކާތެރިކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެމީހުން މިގައުމުން ފޮނުވާލުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާ އޭގެ ހެއްކަކީ މި ސަރުކާރުގެ ކުރީކޮޅު ބައެއް ކަންކަން އިންޑިއާ އާ ދެކޮޅަށް ނިންމަން ފެށުމުން އުތުރުގެ މަސް ދޯނިތަކަށް އިންޑިއާ ސިފައިން އަރާ ބިރު ދައްކާ ހިންގި ހާދިސާ ކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ އެކަން ކުރެވޭނީ ވަރަށް ވަރުގަދަ ލީޑަރަކަށް ކަމަށާ މުއިއްޒުއާ ސޯލިހު ފަދަ މަޑު ފުއްގަނޑަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވީ، އިންޑިއާއާކު ދާދި ފަހުން ދިވެހި ސަރުކާރުން އަސްކަރީ ގުޅުން ވަރުގަދަ ކުރުމުގެ ނަމުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަކީ އުތުރުތިލަފަޅުގައި އިންޑިއާގެ ބާރު ހިނގާ ގޮތަކަށް އިންޑިއާގެ އުޅަނދުތަކުގެ މަރާމާތަށް ޚާއްސަކޮށް ހަދާ ޑޮކްޔާޑުގެ ކަންކަމުގެ މަޝްވަރާ ކަމަށެވެ.

އުމަރު މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރަކީ އެމްޑީޕީ ސަރުކާރުން ދިވެހިރާއްޖެ ވިއްކާލާ ގޮތް ނޭނގޭ އެއްވަސްވުންތަކެއްގައި ސޮއިކޮށްފައިވާ ތީ އެ އެއްބަސްވުންތައް ހާމަކުރާނެ ކަމުގެ ވައުދާ އެކު އާ އަދި އިންޑިއާ ސިފައިންވެސް މި ގައުމުން ފޮނުވާލާނެކަމުގެ ވައުދާއެކު އައި ސަރުކާރެއް ނަމަވެސް މި ސަރުކާރުންވަނީ އެ އެއްބަސްވުންތައް ހާމަކުރަން ދެކޮޅު ހެދުމާ އެކު އެއްބަސްވުންތައް އައުވެސް ކޮށްފައެވެ. އަދި ޔުނިފޯމު އެޅި އިންޑިއާ ސިފައިންގެ ބަދަލުގައި ކުލަ ހެދުމުގައި ތިބޭ ސިފައިން ރާއްޖޭގައި ތިބުމުގެ މަގު ފަހިކޮށްދީފައިވެސް މިސަރުކާރުން ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved